އީޕީއޭ

މާލޭ އިން ފެނުނު ކަންޒުކަހަނބު ކާށިދޫއަށް ގެންގޮސްފި

މާލޭ މަގުމަތިން ފެނުނު ކަންޒުކަހަނބު ކ. ކާށިދޫއަށް ގެންގޮސް އެ ރަށަށް ދޫކޮށްލައިފި އެވެ.

ކާށިދޫ ޗަސްބިން ސަރަހައްދަކީ ރާއްޖޭގައި އެންމެ ގިނައިން ކަންޒުކަހަނބު ދިރިއުޅޭ ސަރަހައްދެވެ.

ކާށިދޫއަށް ގެންދިޔަ ކަންޒުކަހަނބު ފެނުނީ މާލޭގެ މިދިޔަ ހަފްތާގެ ކުރީކޮޅު ހެންވޭރު އާޓިފިޝަލް ބީޗު ސަރަހައްދުންނެވެ.

ކަންޒުކަހަނބަކީ އޭގެ އާބާދީ މަދު ކަމުން 1993 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދިރުންތަކުގެ ތެރޭގައި ހިމެނޭ ބާވަތެކެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ ކަންޒުކަހަނބެއް ފެނިއްޖެނަމަ އަދި ގޭގައި ގެންގުޅޭނަމަވެސް އެ އެޖެންސީ އަށް ރިޕޯޓްކުރުމަށް އެދިފަ އެވެ.

ކާށިދޫގައި ކަންޒުކަހަނބު ދިރިއުޅޭ ސަރަހައްދު 2021 ވަނަ އަހަރު ސަރުކާރުން ވަނީ ހިމާޔަތްކޮށްފަ އެވެ.