ޓްރީ ޓޮޕް ހޮސްޕިޓަލް

ޓްރީޓޮޕްގައި އެއްމާބަނޑު ދެ ކުދިން ދެ ވަގުތެއްގައި ވިއްސައިފި

އެއްމާބަނޑު ދެ ކުދިންނަށް ބަލިވެ އިނދެ ދެ ވަގުތެއްގައި ދެ ކުދިން ވިހެއުމުގެ ޕްރޮސީޖާ -- އެސިންކްރޮނަސް ޓްވިން ޑެލިވަރީ (އޭޓީޑީ) ފުރަތަމަ ފަހަރަށް ޓްރީ ޓޮޕް ހޮސްޕިޓަލްގައި ހަދައިފި އެވެ.

އެސިންކްރޮނަސް ޓްވިން ބާތްސް އަކީ އެކި ގައުމުތަކުގައިވެސް ވަރަށް މަދުން ނޫނީ ހަދަންޖެހޭ ޕްރޮސީޖާއެއް ނޫނޭވެ. އެހެންކަމުން ޓްރީ ޓޮޕް ހޮސްޕިޓަލްގައި މިފަދަ ޕްރޮސީޖާއެއް ހެދުމަކީ ސިއްހީ ދާއިރާގައި ރާއްޖެއިން ހޯދަމުންދާ ކުރިއެރުން އަންގައިދޭ ކަމެއްގެ ގޮތުގައި އެ ހޮސްޕިޓަލުން ދެކެ އެވެ.

ޓްރީ ޓޮޕްގައި މި ޕްރޮސީޖާ ހެދުމުގައި އިސްކޮށް ހުންނެވީ އޯބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީގެ ކޮންސަލްޓަންޓް ޑރ. މާރިއާ ކްރިސްޓީނާ އަލްމޮންޓޭ އެވެ. އޭނާއާ އެކު ނިއޯނެޓޮލޮޖިސްޓުން ކަމުގައިވާ ޑރ. އިންގްރިޑް، ޑރ. ބިޕިން، ޑރ. މުސްތަފާ އަދި ޑރ. އެލެސަންދްރާވެސް މަސައްކަތް ކުރެއްވި އެވެ.

މިޓީމުން ސްވިފްޓް އެމަޖެންސީ ސިޒޭރިއަނެއް ހެދުމަށްފަހު ކުދިން ދޫކޮށްލުމާ ހަމައަށް ހޮސްޕިޓަލްގެ ނިއޯނޭޓަލް އިންޓެންސިވް ކެއާ ޔުނިޓް (އެންއައިސީޔޫ)ގައި އެ ކުދިން ބާއްވައިގެން ބޭނުންވި ހުރިހާ ފަރުވާއެއް ދީފައިވާ ކަމަށްވެސް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެފައިވބެ އެވެ.