އަބްދުއްރަހީމް އަބްދުﷲ

މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް އަބްދުއްރަހީމް

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ހަމަޖެއްސެވުމަށް ނިންމާފައިވާކަން އިތުބާރުހުރި ބައެއް މަސްދަރުތަކުން އަވަސް އަށް އެނގިއްޖެ އެވެ.

ސްޕެޝަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓްގެ މަގާމަށް އަބްދުއްރަހީމް ހަމަޖެއްސެވުމަށް ނިންމަވާފައިވާއިރު މި މަގާމަކީ މިނިސްޓަރުންގެ ފެންވަރުގެ މަގާމެކެވެ.

އަބްދުއްރަހީމްއަކީ އިންތިގާލީ މަރުހަލާގެ ކަންކަން ކުރިއަށް ގެންދިއުމަށް އިންތިހާބީ ރައީސްގެ ފަރާތްޕުޅުން އެކުލަވާލާފައިވާ އިންތިގާލީ ކޮމިޓީގެ ވެރިޔާ އެވެ.

މީގެ އިތުރުން އިތުބާރުހުރި ބައެއް މަސްދަރުތަކުން އަވަސް އަށް އެނގިފައިވާ ގޮތުން އިންތިހާބީ ރައީސް މުއިއްޒުގެ ސަރުކާރުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމަށް އަބްދުﷲ ފަޔާޒް އައްޔަން ކުރެއްވުމަށް ހަމަޖެހިފައިވަނީ އަބްދުﷲ ފަޔާޒް އެވެ.

އަބްދުﷲ ފަޔާޒް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާފަ އެވެ.