އުރީދޫ

އެމް-ފައިސާ ބޭނުންކުރުމުން ބިލްގެ 10 ޕަސަންޓް އަނބުރާ ވޮލެޓަށް

އެމް-ފައިސާ ބޭނުންކުރާ ފަރާތްތަކަށް ހިނގަމުން މިދާ ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ ކޭޝްބެކް ޕްރޮމޯޝަނެއް ތައާރަފްކޮށްފި އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ބްލެކް ޕާލް، މީޓް ސްޓްރީޓް، ގްލޯރިއާ ޖީންސް، ޕިއްޒާ އެންޑް ޕާސްތާ މާމާ މިއާ، ހޮޓް ޑިޝް އަދި ވީއާރް ކެފޭގެ ގޭމްތަކަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ބިލްގެ 10 ޕަސަންޓް އަނބުރާ ވޮލެޓަށް ވަގުތުން ޖަމާވެ އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ މި ޕްރޮމޯޝަނަކީ އެމް-ފައިސާ ބޭނުންކުރާ ފަރާތްތަކުގެ ލުއިފަސޭހަކަމާއި ހިތްހަމަޖެހުން އިތުރުކުރުމުގެ ގޮތުން ފަރުމާކޮށްފައިވާ ޕްރޮމޯޝަނެކެވެ.

އެމް-ފައިސާއަކީ ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި، ޓްރާންސްފާ ކުރުމާއި، ފިހާރަ، ރެސްޓޯރެންޓް އަދި ކެފޭ ފަދަ ތަންތަނަށް އިތުބަރާއެކު ފަސޭހަކަމާ އެކު ފައިސާ ދައްކާލެވޭ ޑިޖިޓަލް ވޮލެޓެކެވެ. މީގެ އިތުރުން ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫގެ ހިދުމަތްތަކާއި މީޑިއާނެޓް ފަދަ ގިނަ ހިދުމަތްތަކަކަށް ވެސް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކެ އެވެ.

އެމް-ފައިސާ ބޭނުންކުރާ ފަރާތްތަކަށް ބީއެމްއެލް، އެސްބީއައި އަދި އެމްއައިބީ މެދުވެރިކޮށް އޮންލައިންކޮށް ޑިޖިޓަލް ވޮލެޓަށް ކޭޝް އިން ކުރުމުގެ ފަސޭހަކަންވެސް ވަނީ އެމް-ފައިސާ އިން ފަހިކޮށްދީފަ އެވެ. ހަމަ އެއާ އެކު، އެމް-ފައިސާ މެދުވެރިކޮށް ކެންސަ ސޮސައިޓީ، މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ކުޑަކުދިންގެ ހިޔާ، ފިޔަވަތި، މޮމްސް އެންޖީއޯ އަދި އިންޓަނޭޝަނަލް އެއިޑް ކެމްޕޭން ފަދަ ޖަމިއްޔާތަކަށް އެހީ ފޯރުކޮށްދެވެ އެވެ.

އެމް-ފައިސާއަށް ރަޖިސްޓަ ވާނެ ގޮތް

  • އުރީދޫ އެޕް ޑައުންލޯޑް ކޮށްލާ: http://ore.do/app
  • އެމް-ފައިސާ ހިޔާރުކޮށް ރަޖިސްޓްރޭޝަނަށް ފިތާލާ
  • އެކައުންޓް އެކްޓިވޭޓް ކުރުމަށް ބޭނުންވާ ތަފްސީލްތައް ފުރުމަށްފަހު ފޯނަށް ލިބޭ އޯޓީޕީ ޖަހާލާ
  • މޯބައިލް ނަންބަރު ޖެހުމަށްފަހު 4 ޑިޖިޓްގެ ޕިން އެއް ސެޓް ކުރައްވާ
  • މޯބައިލް ނަމްބަރާއި 4 ޑިޖިޓްގެ ޕިން ޖަހާލާ
  • ފޯނަށް ލިބޭ އޯޓީޕީ ޖެހުމަށްފަހު ރަޖިސްޓްރޭޝަން ފުރިހަމަކޮށްލާ

އެމް-ފައިސާގެ ފަސޭހަކަމާއި ހާއްސަ އޮފަތަކުގެ ބޭނުން ހިފުމަށް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް މި ހިދުމަތް ބޭނުން ކުރެވެ އެވެ.