ފިނިޕޭޖް

ގޯޑަން ރަމްސޭ އާއީ ޓާނާ އަށް ހަވަނަ ދަރިފުޅު ލިބިއްޖެ

Nov 25, 2023
ގޯޑަން ރަމްސޭ އާއިލާއާ އެކު
0%
0%
0%

ސެލެބްރިޓީ ޝެފް ގޯޑަން ރަމްސޭ، 57، އާއި އަންހެނުން ޓާނާ، 49، އަށް ހަވަނަ ދަރިފުޅު ލިބިއްޖެ އެވެ.

ގޯޑަންގެ ދެމަފިރިންނަށް ހަވަނަ ކުއްޖާ ލިބުނު ކަމަށް އިންސްތަގްރާމްގައި ޕޯސްޓްކުރީ ނޮވެމްބަރު 11 ގައެވެ. އެއީ 3.2 ކިލޯގެ ޖެސީ ޖޭމްސްގެ ނަން ދީފައިވާ ފިރިހެން ކުއްޖެކެވެ.

ގޯޑަންގެ ޕޯސްޓްގައި ޓާނާއާ އެކު ތުއްތު ދަރިފުޅު ހޮސްޕިޓަލްގައި ނަގާފައިވާ ފޮޓޯތަކެއް ހިއްސާކުރަމުން ބުނީ މިއީ ވަރަށް ފުރިހަމަ އުފަން ދުވަހުގެ ހަދިޔާ އެއް ކަމަށެވެ. އިތުރު ކުއްޖަކު އާއިލާއާ ގުޅި، މިހާރު ތިން އަންހެން ކުދިންނާއި ތިން ފިރިހެން ކުދިން ވެއްޖެ ކަމަށާއި ދެން ނިންމާލީ ކަމަށްވެސް ބުންޏެވެ.

އެންޓަޓޭންމަންޓް ޓުނައިޓްއާ ވާހަކަ ދައްކަމުން ގޯޑަން ބުނީ ހަވަނަ ފަހަރަށް ބައްޕައަކަށް ވުމަކީވެސް އާދަޔާ ހިޔާފު އިހްސާސެއް ކުރުވި ކަމެއް ކަމަށެވެ. އަދި ޖޯކަކަށް ބުނީ ސްކޫލަށް ދަރިފުޅު ލާންދާއިރު، އޭނާ ވާނީ އެންމެ އުމުރުން ދޮށީ ބައްޕައަށް ކަމަށާއި އެހެންކަމުން ތޮއްޕަކާއި އައިނެއް އަޅާނެ ކަމަށެވެ.

ބޭބީ ޖެސީ ޖޭމްސްގެ އިތުރުން ގޯޑަން އާއި ޓާނާގެ 27 އަހަރުގެ ކައިވެންޏަށް މޭގަން، 25، ޓްވިންސް ޖެކް އާއި ހޮލީ، 23، ޓިލީ، 22 އަދި އޮސްކާ، 4، ލިބިފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910