ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރު ކަމަށް އިތުރު ބޭފުޅަކު މިއަދު އައްޔަންކޮށްފި އެވެ.
ގާނޫނީ ދާއިރާގެ ބޭފުޅެއްގެ ގޮތުގައި ބޯޑަށް މިފަހަރު އައްޔަންކުރީ އަލްއުސްތާޒު އަހްމަދު ނަޝާތު އެވެ.
ނަޝާތު އަކީ އިނގިރޭސިވިލާތުގެ މިޑްލްސެކްސް ޔުނިވަސިޓީ އިން، މާސްޓާސް އޮފް ލޯ އިން އިންޓަނޭޝަނަލް ލޯ ހާސިލްކުރައްވާފައިވަނީ ބޭފުޅެކެވެ. ނަޝާތު އެންމެ ފަހުން ހުންނެވީ އެޓާނީ ޖެނެރަލް އޮފީހުގެ ސްޓޭޓް ކައުންސެލްގެ މަގާމު ގައެވެ.
ރައީސް މުއިއްޒު، މީގެކުރިން ވަނީ ޕްރައިވެޓައިޒޭޝަން ބޯޑަށް އެކި ދާއިރާތަކުން އައްޔަންކުރަންޖެހޭ އެހެން ބޭފުޅުން ބޯޑަށް އައްޔަންކުރައްވާފަ އެވެ. އެގޮތުން ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް އަކަށް ހަމަޖައްސަވާފައިވަނީ ހަމްދީ އަގީލް އެވެ.