އެޗްއައިވީ އޭޑްސް

އެއިޑްސް ބައްޔަށް ފަރުވާކުރަމުންދާ 22 ދިވެހިން އުޅޭ

ރާއްޖޭގައި 22 ދިވެހިން އެއިޑްސް ބައްޔަށް ފަރުވާ ހޯދަމުންދާ ކަމަށް ހެލްތް މިނިސްޓްރީން މބުނެފ އެވެ.

ރާއްޖެއިން އެންމެ ފުރަތަމަ އެޗްއައިވީ ޖެހިފައިވާ ދިވެއްސެއް ފާހަގަކުރެވުނު 1991 ވަނަ އަހަރު އެވެ.

ދުނިޔޭގައި މިއަދު ފާހަގަކުރާ އެއިޑްސް ބަލީގެ ދުވަހާ ގުޅިގެން ހެލްތު މިނިސްޓްރީ ބުނީ ރާއްޖެއިން މިހާތަނަށް އެއިޑްސް ޖެހުނު 40 މީހުންގެ ތެރެއިން 15 މީހުން އެ ބަލީގައި މަރުވެފައިވާ ކަމަށެވެ.

އެޗްއައިވީ ޖެހުމުން ރައްކާތެރިވުމަށްޓަކައި ޖިންސީ ގުޅުން ހިންގާނަމަ ވަފާތެރި ހަޔާތުގައި ބައިވެރިޔާއާ އެކު ޖިންސީ ގުޅުން ހިންގުމަށާއި ކޮންޑަމް ނުވަތަ ހުރަސް ބޭނުންކުރުމަށާއި އެކަކު ބޭނުންކުރާ ސިރިންޖާއި ކަށި އެހެން މީހަކު ބޭނުން ނުކުރުމަށް ހެލްތު މިނިސްޓްރީން އިރުޝާދުދެ އެވެ.

އެޗްއައިވީއަށް ޕޮޒިޓިވް ވެއްޖެނަމަ ސިއްހީ ހިދުމަތްތެރިންގެ ލަފައާއި އެއްގޮތަށް ގަވައިދުން ފަރުވާ ކުރުމަށްވެސް އިރުޝާދު ދެއެވެ.