ޣައްސާން މައުމޫން

ދަނޑުވެރިކަމުގެ މިނިސްޓްރީ ޣައްސާންއާ ހަވާލުކުރައްވައިފި

ދަނޑުވެރިކަމުގެ މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫންއާ ހަވާލުކުރައްވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، މިގޮތަށް ނިންމަވާފައި މިވަނީ ދަނޑުވެރިކަމުގެ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށް ރާއްޖެ އިން ބޭރަށް ފުރާވަޑައިގަންވަން ޖެހިވަޑައިގަތުމާ ގުޅިގެންނެވެ.

ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށް އިންޑިއާއަށް ފުރާވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށް މިނިސްޓަރު ރަމީލާ ހާމަކުރެއްވީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.

މިނިސްޓަރު ޑރ. ރަމީލާގެ ސިއްހީ ހާލުކޮޅުގެ މައުލޫމާތު ލިބިވަޑައިގަތުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިނިސްޓަރު ރަމީލާއަށް ގުޅުއްވާ ހިތްވަރު ދެއްވާފ އެވެ.