ދުނިޔެ

އިނގިރޭސިން ޒަޔަނިސްޓް ޓެރަރިސްޓުންނަށް ޖާސޫސްކޮށްދެނީ

އިނގިރޭސިވިލާތުގެ ޖާސޫސީ މަތިންދާބޯޓުތަކުން ޣައްޒާ މަތިން އުދުހެން ފަށައިފި އެވެ. އިނގިރޭސިންގެ މި މަސައްކަތަކީ ޣައްޒާގައި ހަމާސްއިން ފޮރުވާފައި ތިބި ޒަޔަނިސްޓު ޓެރަރިސްޓުން ހޯދައި ތިބިތަން ޔަހޫދީންގެ ވެރިންނަށް ބުނެދިނުމެވެ.

ހަމާސްގެ ބެލުމުގެ ދަށުގައި މިހާރު ޔަހޫދީ އަންހެނެއް ކުޑަކުއްޖެއް އަދި ބޭރު ގައުމަކަށް ނިސްބަތްވާ އެކަކުވެސް ނެތެވެ. މުޅިހެން ތިބީ ޒަޔަނިސްޓް ސިފައިންނާއި އަސްކަރިއްޔާގެ އެކި ގޮފިތަކުގައި ކުރިން މަސައްކަތްކުރި ޔަހޫދީންނެވެ.

ހަމާސްއިން އެކްސްގައި ބުނެފައިވާ ގޮތުން ޒަޔަނިސްޓުންގެ އަބަދަށް ހަމަލާތައް ހުއްޓާލުމުގެ ކުރިން -- އެ މީހުންގެ އަތުގައި މިހާރު ތިބި އަސީރުން މިނިވަންކުރުމާ ބެހޭ ގޮތުން ޔަހޫދީންގެ ވެރިންނާ އެއްވެސް މަޝްވަރާއެއް ނުކުރާނެ އެވެ.

އިނގިރޭސި ޖާސޫސީ އަދި މައުލޫމާތު ހޯދައި އެއްކުރާ މަތިންދާބޯޓުގަކުން ހަމައެކަނި ކުރާނެ ކަމަކީ ހަމާސްްއިން އަސީރުކޮށްފައި ތިބި ޔަހޫދީން ތިބި ތަން ހޯދުން ކަމަށް އިނގިރޭސި އަސްކަރިއްޔާއިން ބުނެ އެވެ.

ޣައްޒާ މަތިން އުދުހޭ އިނގިރޭސި އެއްވެސް ބޯޓެއްގައި ހަތިޔާރެއް އަދި ހަމަލާއެއް ދެވިދާނެ އެއްވެސް ވަސީލަތެއް ނުހުންނާނެ ކަމަށް އިނގިރޭސި އަސްކަރިއްޔާއިން ބުނެ އެވެ.

ޖާސޫސީ މައުލޫމާތާއި އިންޓެލިޖެންސް އެއްކުރުމުގެ ގާބިލުކަން ހުރި މި މަތިންދާބޯޓުތަކުގައި ހުންނާނީ ސިގްނަލް ޖޭމަރުތަކާއި "ހީޓް މެޕިން" ޑިވައިސްތައް އަދި މޯޝަން ސެންސަރުތަކާއި ރާޑަރުތައް ކަމަށް އޮފިޝަލުން ބުނެ އެވެ.

އިނގިރޭސިން ބުނާ ގޮތުން މިއީ ޒަޔަނިސްޓުން ޣައްޒާގެ ނިކަމެތިންނާ ދެކޮޅަށް ހިންގާ އުދުވާނުގައި ބައިވެރިވުމެއް ނޫނެވެ. މިއީ ރަހީނުކޮށްފައި ތިބި ބަޔަކު ހޯދުމަށް -- އިންސާނިއްޔަތަށް ޓަކައި ކުރާ ކަމެކެވެ.

އިނގިރޭސިންނާއި އެމެރިކާއިން ހީކުރަނީ -- އެ މީހުން ފިޔަވައި ދުނިޔޭގައި ދެން ތިބީ -- އެ މީހުން ދައްހާ ވާހަކައެއް އަޑުއަހައިގެން ތިބޭނެ ކޮހުން ކަމަށެވެ.

ފަލަސްތީންގެ ބިންތައް ފޭރިގެންފައި ތިބި ޒަޔަނިސްޓު ޔަހޫދިން އެ ބިންތަކުގައި ވަޒަންވެރިކުރުވުމަށް އެމެރިކާ އާއި އިނގިރޭސިވިލާތް، އޮސްޓްރޭލިއާ އަދި ޔޫރަޕްގެ ހުރިހާ ގައުމަކުން މަދަދުވެރިވެ އެވެ.

ފަލަސްތީނަށް ދެރަ ދިނުމުގައި އާންމުގެ ކުރިމަތީގައި ބެންޖަމިން ނަތަންޔާހޫގެ ސަރުކާރު އޮތް ކަމަށް ފެނުނު ނަމަވެސް، ފަލަސްތީނާ ދެކޮޅަށް ހިންގާ ހުރިހާ އުދުވާނެއްގައި -- ދުނިޔޭގެ ކާފަރު ހުރިހާ ގައުމަކުން ބައިވެރިވެ އެވެ.