ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާނެ މީހުން ބިނާކުރުމަށް އެންޓި ކޮރަޕްޝަން އެކެޑެމީއެއް ހެދުމަށް ނިންމައިފި އެވެ.
މިއެކެޑެމީ ރަސްމީކޮށް އިއުލާންކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ފަހަގަކުރާ ބައިނަލްއަގްވާމީ އެންޓި ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާ ގައެވެ.
އޭސީސީ އިން ބުނީ އެކެޑެމީގެ މަސައްކަތް ފެށުމަށްޓަކައި ކޯސްތައް ފަރުމާކުރުމާއި އެކްރެޑިޓޭޝަންއަށް ފޮނުވުމުގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ.
މިފަދަ ކޮމިޝަނެއް އުފެއްދުމުގެ ބޭނުމަކީ ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ގުޅިލާމެހިގެންދާނެ ފަދައިން ތައުލީމާއި ތަމްރީނު ދިނުމާއި، ދިރާސާކުރުމާއި ހޭލުންތެރިކުރުވުން ކަމަށް އޭސީސީ އިން ބުނެ އެވެ.
އޭސީސީ އިން އިތުރަށް ބުނީ އެ އެކަޑެމީގެ މަސައްކަތްތައް ފަށާއިރު ކިޔަވައިދޭން ހަމަޖެހިފައިވަނީ ސެޓްފިކެޓް ލެވަލް ހަތަރެއްގެ ކޯސްތަކާއި ޑިޕްލޮމާ ލެވެލްގެ ކޯސްތައް ކަމަށް ވެސް ބުންޏެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މާސްޓާސް ލެވެލްއަށް ކިޔަވައިދޭނެ ކަމަށްވެސް ބުންޏެވެ.