ނެޝަނަލް ޓެންޑާ ބޯޑު

ޓެންޑާ ބޯޑު އަލުން އެކުލަވާލައިފި

ދައުލަތުން ކުރިއަށް ގެންދާ މަޝްރޫއުތަކަށް ހުށަހަޅާ ބީލަންތައް ބަލައި ދިރާސާކޮށް ކުންފުނިތަކާ އެ މަސައްކަތް ހަވާލުކުރާ ނެޝަނަލް ޓެންޑް ބޯޑް އަލުން އެކުލަވާލައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އެކުލަވާލި ފުރަތަމަ ޓެންޑާ ބޯޑުގެ ޗެއާމަނަކަށް ހަމަޖައްސަވާފައިވަނީ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސާއިދު އެވެ.

ޓެންޑާ ބޯޑުން އިވެލުއޭޓް ކުރަނީ ފަސް މިލިއަން ރުފިޔާއަށް ވުރެ ބޮޑެތި މަޝްރޫއުތަކެވެ.

ޓެންޑާ ބޯޑުގެ މެންބަރުން

  • ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސާއިދު - ޗެއާމަން
  • އަބްދުﷲ އިމްރާން - ވައިސް ޗެއާމަން
  • މުންތާޒު އަބްދުއްރަހީމް - މެންބަރު
  • އާދަމް ބަދުރުﷲ - މެންބަރު
  • މުހައްމަދު ޝަނޫން ފުއާދު - މެންބަރު
  • ފާތުމަތު މުހައްމަދު ދީދީ - މެންބަރު
  • އަލްއުސްތާޒު އައިމިނަތު ޒީނިޔާ - މެންބަރު

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީން ފާސްކޮށްފައިވާއިރު އަންނަ އަހަރު ތަރައްގީގެ މަޝްރޫއުތަކަށް -- ޕީއެސްއައިޕީ އަށް 8.9 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އެއީ ބަޖެޓް ފޮތުގައި އޮތް ގޮތުންނަމަ
317 މަޝްރޫއަށް ހިނގާ ހަރަދެވެ.

އެކަމަކު ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ބަޖެޓް ކޮމިޓީގައި ވިދާޅުވީ ދައުލަތުގެ މާލީ ހާލަތު ހުރި ގޮތުން ބައެއް މަޝްރޫއުތައް އަލުން ދިރާސާކުރުމަށްފަހު މަޑުޖައްސާލަން ޖެހިދާނެ ކަމަށެވެ.