މަސްވެރިކަން

މަސްވެރިންގެ ގުންޒަރު ފަށައިފި

މަސްވެރިންގެ ދުވަހާ ގުޅުވައިގެން މަސްވެރިންގެ ގުންޒަރު ފަށައިފި އެވެ.

ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމު ފައްޓަވައި ދެއްވި ގުންޒަރު އިފްތިތާހް ކުރުމުގެ ޖަލްސާގައި 40 މަސްވެރިން ބައިވެރިވި އެވެ.

ގުންޒަރު ކުރިއަށްދާނީ މިއަދު ހަވީރު 5:00 އަށް މީރުމާ ހޮޓެލްގެ އިވެންޓްސް ހޯލްގައެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ގުންޒަރުގެ މައިގަނޑު ބޭނުމަކީ މަސްވެރިކަމުގެ މައުލޫމާތުތަކާއި ކުންފުނިތަކުގައި ގެންގުޅޭ ހަމަތަކާ މިންގަނޑުތަކާއި މަސްވެރިކަން ކުރިއެރުވުމަށް ކުރެވޭނެ ކަންކަމުގެ މައުލޫމާތު ދިނުން ކަމަށެވެ. އެގޮތުން ކަޅުބިލަމަހުގެ އެމްއެސްސީ ސެޓްފިކެޓް ދެމެހެއްޓުމަށް ކުރަންޖެހޭ ކަންތައްތަކާއި ބޮޑުކަންނެލީގެ މަސްވެރިކަން ދެމެހެއްޓުމަށްޓަކައި ކުރިއަށް ގެންދާ ފިޝަރީޒް އިމްޕްރޫވްމަންޓް ޕްރޮޖެކްޓްގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ގުންޒަރުގައި ދޭނެ ކަމަށްވެސް ބުންޏެވެ.

ގުންޒަރުގައި ޑައިވާޒް ލޮޖް މޯލްޑިވްސްގެ ފަރާތުން ފައްޔާޒު އިބްރާހިމް ވަނީ މަސްވެރިންނަށް މަސްދޯނިފަހަރުގައި ރެސްކިއު ޑައިވިންއަށް ސެޓިފައި ވެފައިވާ ފަޅުވެރިން ތިބުމުގެ މުހިއްމުކާމާ ގުޅޭގޮތުން މައުލޫމާތު ދީފަ އެވެ.