ރައްޔިތުންގެ މަޖިލިސް

ކޮންމެ ވަޒީރަކަށް ވަކިން ރުހުންދޭން ނިންމައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގެ ވަޒީރަކަށް ރުހުން ދިނުމަށް ވަކިވަކިން ވޯޓަށް އެހުމަށް މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފި އެވެ.

ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ނޮވެމްބަރު 17ގައި ރައީސް މުއިއްޒު އައްޔަންކުރައްވާފައިވާ 22 ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކޮށް ނިންމީ މިއަދު އެވެ.

ކޮމިޓީ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް މިއަދު ވިދާޅުވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ނިއުޒިލޭންޑްގެ ރަށްވެހިކަން މިދިޔަ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު ދޫކޮށްލި ކަމުގެ ލިޔުން ލިބިފައިވާ ކަމަށެވެ. އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އިނގިރޭސިވިލާތުގެ ރަށްވެހިކަން ދޫކޮށްލިކަމުގެ ލިޔުން މިދިޔަ މަހުގެ 15 ވަނަ ދުވަހު ލިބިފައިވާ ކަމަށެވެ.

ކެބިނެޓަށް އައްޔަންކުރެއްވި ބޭފުޅުން

  • މިނިސްޓާ އޮފް ޑިފެންސް - މުހައްމަދު ޣައްސާން މައުމޫން
  • މިނިސްޓާ އޮފް ފޮރިން އެފެއާޒް - މޫސާ ޒަމީރު
  • މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ - އަލީ އިހްސާން
  • މިނިސްޓާ އޮފް ފިނޭންސް - ޑރ. މުހައްމަދު ޝަފީގް
  • މިނިސްޓާ އޮފް އެޑިއުކޭޝަން - ޑރ. އިސްމާއީލް ޝަފީއު
  • މިނިސްޓާ އޮފް ހެލްތު - ޑރ. އަބްދުﷲ ޚަލީލް
  • މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް - މުހައްމަދު ސައީދު
  • މިނިސްޓާ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް - އަހްމަދު ޝިޔާމް
  • މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް - ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  • މިނިސްޓާ އޮފް ޓޫރިޒަމް - އިބްރާހީމް ފައިސަލް
  • މިނިސްޓާ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް - ޑރ. އައިޝަތު ޝިހާމް
  • މިނިސްޓާ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން - ޑރ. އަބްދުﷲ ރާފިއު
  • މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަމަންޓް އެންޑް އެނާޖީ - ތޯރިގް އިބްރާހީމް
  • މިނިސްޓާ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް - ޑރ. އަލީ ހައިދަރު އަހްމަދު
  • މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން - މުހައްމަދު އަމީން
  • މިނިސްޓާ އޮފް ދިވެހި ލެންގުއޭޖް ކަލްޗާ އެންޑް ހެރިޓޭޖް - އާދަމް ނަސީރު އިބްރާހީމް
  • މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް - ޑރ. މަރިޔަމް މާރިޔާ
  • މިނިސްޓާ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ - ޑރ. އަބްދުﷲ މުއްތަލިބް
  • މިނިސްޓާ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ - ޑރ. އައިޝަތު ރަމީލާ
  • މިނިސްޓާ އޮފް ޔޫތު އެމްޕަވަމަންޓް އިންފޮމޭޝަން އެންޑް އާޓްސް - އިބްރާހީމް ވަހީދު
  • މިނިސްޓާ ސިޓީސް ލޯކަލް ގަވަރުމަންޓް އެންޑް ޕަބްލިކް ވޯކްސް - އާދަމް ޝަރީފު
  • އެޓާނީ ޖެނެރަލް - އަހުމަދު އުޝާމް

ކެބިނެޓްގައި ތިން އަންހެން ވަޒީރުން ހިމެނިވަޑައިގަންނަވާއިރު މީގެ ކުރީގެ ސަރުކާރުތަކުގައި ކެބިނެޓްގައި ހިމެނިވަޑައިގެންނެވި ބޭފުޅުންނާއި މުޅިން އަލަށް ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ހިމެނެ އެވެ.