ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ

ދުންޔާވެސް މަޖިލީހަށް ވާދަކުރައްވަނީ

Dec 11, 2023
ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ -- ފޮޓޯ: އަވަސް
0%
0%
0%

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމަށް ޕީއެންސީގެ ޓިކެޓް ހޯދުމަށް ފޯމު ހުށަހަޅުއްވައފި އެވެ.

ދުންޔާ މަސައްކަތް ކުރައްވަނީ ހުޅުމާލެ ދެކުނު ދާއިރާއަށް ކުރިމަތިލެއްވުމަށެވެ.

ދުންޔާ ވިދާޅުވީ ހުޅުމާލެ ދެކުނު ދައިރާގެ ރައްޔިތުންނަން އޭނާގެ ފަރާތުން ހިދުމަތް ލިބޭނެ ކަމަށާއި އެ ރައްޔިތުންގެ ތާއީދަށް އެދޭ ކަމަށެވެ.

ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމެންދެން ދުންޔާ ހުންނެވީ އެމްއެންޕީގައި އެ ޕާޓީގެ އޭރުގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމުގެ ފަހަތްޕުޅުގައެވެ. އެކަމަކު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދުކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަށެވެ. އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ދިމާކޮށް ޕީޕީއެމް ޕީއެންސީއާ ގުޅިވަޑައިގެންނެވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910