ޖޭއެސްސީ

29 ރަށަކަށް މެޖިސްޓްރޭޓުން ހޯދަނީ

އަތޮޅު ތެރޭގެ 29 ރަށެއްގެ މެޖިސްޓްރޭޓް ކޯޓްތަކަށް ގާޒީން ހޯދަން އިއުލާންކޮށްފި އެވެ.

މެޖިސްޓްރޭޓް ކަމަށް ކުރިމަތިލާ މީހުންގެ ތައުލީމީ ފެންވަރުގެ ގޮތުގައި ޖޭއެސްސީ އިން ކަނޑައަޅާފައިވަނީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި ޝަރީއަތުގެ ރޮގުން ދަށްވެގެން ޑިޕްލޮމާއެއް ހާސިލް ކޮށްފައިވުމެވެ. ނުވަތަ ފަނޑިޔާރުކަމުގެ މަގާމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ ކޯޓެއްގެ ލީގަލް މަގާމެއްގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ހުރުމެވެ.

ގާޒީން ހޯދާ ރަށްތައް

  • ހއ. ބާރަށް މެޖިސްޓްރޭޓް ކޯޓް
  • ހއ. މާރަންދޫ މެޖިސްޓްރޭޓް ކޯޓް
  • ހއ. ކެލާ މެޖިސްޓްރޭޓް ކޯޓް
  • ހދ. ނެއްލައިދޫ މެޖިސްޓްރޭޓް ކޯޓް
  • ހދ. ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓް
  • ށ. މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓް
  • ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓް
  • ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓް
  • ބ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓް
  • ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓް
  • ޅ. ހިންނަވަރު މެޖިސްޓްރޭޓް ކޯޓް
  • ކ. ކާށިދޫ މެޖިސްޓްރޭޓް ކޯޓް
  • ކ. ދިއްފުށީ މެޖިސްޓްރޭޓް ކޯޓް
  • އއ. ހިމަންދޫ މެޖިސްޓްރޭޓް ކޯޓް
  • އއ. މާޅޮސް މެޖިސްޓްރޭޓް ކޯޓް
  • އއ. ފެރިދޫ މެޖިސްޓްރޭޓް ކޯޓް
  • އދ. މާމިގިލި މެޖިސްޓްރޭޓް ކޯޓް
  • ވ. ފުލިދޫ މެޖިސްޓްރޭޓް ކޯޓް
  • ވ. ކެޔޮދޫ މެޖިސްޓްރޭޓް ކޯޓް
  • ފ. ފީއަލީ މެޖިސްޓްރޭޓް ކޯޓް
  • ދ. މީދޫ މެޖިސްޓްރޭޓް ކޯޓް
  • ލ. މާމެންދޫ މެޖިސްޓްރޭޓް ކޯޓް
  • ލ. މާވަށު މެޖިސްޓްރޭޓް ކޯޓް
  • ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓް
  • ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓް
  • ގދ. ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓް
  • ގދ. ނަޑައްލާ މެޖިސްޓްރޭޓް
  • ގދ. ފިޔޯރީ މެޖިސްޓްރޭޓް
  • އައްޑޫ ހިތަދޫ މެޖިސްޓްރޭޓް ކޯޓް

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކޮށްފައިވާ އިއުލާންގައި ގާޒީންގެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 31 އަށެވެ.

މެޖިސްޓްރޭޓުންގެ އަސާސީ މުސާރަ އަކީ 21،000 ރުފިޔާ އެވެ.