ރިޔާސީ އިންތިހާބު 2023

ފަސް ރިޔާސީ ކެންޑިޑޭޓަކު 20،000 ރުފިޔާއިން ޖޫރިމަނާކޮށްފި

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ފަސް ކެންޑިޑޭޓަކު ހުށަހެޅުއްވި މާލީ ބަޔާން އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކުރާ މިންގަނޑަށް ނުފެތޭތީ އެބޭފުޅުންނަށް ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓަކު ވާދަކުރެއްވި އެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނި ގޮތުގައި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކުރާ މިންގަނޑަށް މާލީ ބަޔާން ހުށަހަޅުއްވާފައިވަނީ ތިން ކެންޑިޑޭޓެކެވެ. އެއީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް އެވެ.

އީސީ އިން ފިޔަވަޅު އެޅުމަށް ނިންމި ފަސް ކެންޑިޑޭޓުން

  • އުމަރު ނަސީރު - ހ. ދޮންޖޭމުގެ
  • ހަސަން ޒަމީލް - މއ. މާވެޔޮ
  • އަހްމަދު ފާރިސް މައުމޫން - މއ. ކިނބިގަސްދޮށުގެ
  • އިލްޔާސް ލަބީބް - ބުލޫސްކައި - ސ. ހުޅުދޫ
  • މުހައްމަދު ނާޒިމު - މ. ސީނުކަރަންކާގެ

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކުރާ މިންގަނޑަށް މާލީ ބަޔާން ހުށަހަޅާފައި ނުވާ ކޮންމެ ކެންޑިޑޭޓަކު 20،000 ރުފިޔާ އިން އަދި ކެންޑިޑޭޓުގެ އިންތިހާބީ އެޖެންޓް 6،000 ރުފިޔާ ޖޫރިމަނާކުރަން އީސީ އިން ވަނީ ނިންމާފަ އެވެ.

ޖޫރިމަނާ ފައިސާ ދެއްކުމަށް ދީފައިވަނީ 30 ދުވަހުގެ މުއްދަތެވެ.