ހަބަރު

"އޯޓިޒަމް ޖަމިއްޔާއަށް ދެ ލައްކަ ޑޮލަރު ހޯދައިދޭނަން"

Jan 26, 2015

މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަށް އެހީވެ ދިނުމުގެ ގޮތުން 200،000 ޑޮލަރު (3.1 މިލިއަން ރުފިޔާގެ) އެހީއެއް ހޯއްދައިދެއްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ. އަދި ޗައިނާއިން ވެސް 17134 ޑޮލަރު (ދެ ލައްއަކަށް ވުރެ ގިނަ ރުފިޔާ) އެ ޖަމާއަތަށް ދޭން ނިންމާފައިވާކަން ވަނީ ހާމަކޮށްފަ އެވެ.

އެސޯސިއޭޝަންގެ އަހަރީ ދުވަހުގެ މުނާސަބާ ފާހަގަ ކުރަން މިރޭ ހިރިޔާ ސުކޫލުގައި ބޭއްވި ހަފުލާއެއްގައި މިނިސްޓަރު އަދީބު ވިދާޅުވީ އޯޓިޒަމް ކުދިންނަށް އެހީތެރިވެދޭ ޖަމިއްޔާއަށް އެހީތެރިކަން ބޭނުންވާ ކަމަށާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާއިގެ ތެރެއިން އެ ޖަމިއްޔާއަށް އެހީތެރިވެ ދިނުމުގެ ގޮތުން 200،000 ޑޮލަރުގެ އެހީއެއް ހޯއްދަވައި ދެއްވާނެ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ އެހީއެއްގެ ދެވުމުން މިހާރު ދިމާވެފައިވާ މައްސަލަތަކަށް ލުޔެއް ލިބޭނެ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ އެހީ އަށް ބޭނުންވާ ފަރާތްތަކަށް އެހީވެދިނުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިރޭ ފާހަގަ ކުރީ އެ ޖަމިއްޔާގެ ފަސްވަނަ އަހަރީ ދުވަހެވެ.