އައި ކެއާ

ސްކޫލް ޗުއްޓީއަށް އައިކެއަރއިން ހާއްސަ ޕްރޮމޯޝަނެއް

Dec 13, 2023

ސްކޫލު ޗުއްޓީއަށް އައިކެއަރއިން ހާއްސަ ޕްރޮމޯޝަނެއް ފެށުމަށް ހަމަޖައްސައިފި އެވެ.

މި ޕްރޮމޯޝަންގައި ފްރޭމް، އަވިއައިނު އަދި ކޮންޓެކްޓް ލެންސް ބައްލަވައިގަންނަ ކަސްޓަމަރުންނަށް 30 ޕަސަންޓްގެ ޑިސްކައުންޓެއް ލިބިވަޑައިގަންނަވާނެ އެވެ.

ފްރޭމާއި ލެންސް އެކީ ނަންގަވާނަމަ އިތުރު ޕްރޮޑަކްޓެއް ބައްލަވައިގަތުމަށް ހޮވާލެވިފައިވާ ވަކި ބްރޭންޑްތަކަކުން 50 ޕަސަންޓްގެ ޑިސްކައުންޓެއް ލިބިވަޑައިގަންނަވާނެ ކަމަށް އައިކެއާރއިން ބުނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ ޑިސެމްބަރު 15 އިން ޖެނުއަރީ 12، 2024 ގެ ނިޔަލަށެވެ. މި ޕްރޮމޯޝަން އައިކެއަރ އޮޕްޓިކަލްސްގެ ހުރިހާ ފިހާރައެއްގައި ކުރިއަށްދާނެ އެވެ.

ޕްރޮމޯޝަންގެ އިތުރު މައުލޫމާތު 3321026 އަށް ގުޅުއްުވުމުން ލިބޭނެ އެވެ.