ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)

ބީސީސީގެ އެމްޑީގެ މަގާމަށް ޒިޔާއު

ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ކުރީގެ މަޝްހޫރު ޕްރެޒެންޓަރު އިބްރާހީމް ޒިޔާއު ހަމަޖައްސައިފި އެވެ.

ޒިޔާއު އަކީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ހުސައިން މުހައްމަދު ލަތީފްގެ ކޮއްކޮ އެކެވެ.

ޒިޔާއު ޓީވީއެމްގައި ނޫސްވެެރިޔެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު އެންމެ ފަހުން ހުންނެވީ ބީސީސީގެ ހެޑް އޮފް އައުޓް ރީޗްގެ މަގާމުގަ އެވެ.

ޒިޔާއު ވަނީ ބީސީސީގެ އުފެއްދުންތައް ޕްރޮމޯޓް ކުރުމުގައި މިދިޔަ ދުވަސްތަކުގައި މުހިއްމު މަސައްކަތްތަކެއް ކުރައްވާފަ އެވެ.

ސަރުކާރު ހިއްސާވާ 32 ކުންފުނީގެ ތެރެއިން ގިނަ ކުންފުނިތަކަކަށް އާ ސަރުކާރުން މިހާރު ވަނީ ވެރިން ހަމަޖައްސާފަ އެެވެ.