ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ ބްރާންޗްތަކާއި ސެންޓަރުތައް މިމަހުގެ 31 ގައި ބަންދުވާނެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗްތަކާއި ސެންޓަރުތައް މިމަހުގެ 31 ވާ އާދިއްތަ ދުވަހު ބަންދުވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި މިމަހުގެ 31 ވަނަ ދުވަހު އެ ބޭންކްގެ ބްރާންޗްތަކާއި ސެންޓަރުތައް ބަންދުކުރުމަށްފަހު ދެން ބޭންކް ހުޅުވޭނީ ޖެނުއަރީ 2، 2024 ވާ އަންގާރަ ދުވަހު އެވެ.

މި މުއްދަތުގައި ބޭންކިން ހިދުމަތް ހޯދުމަށް އިންޓަނެޓް ބޭންކިން އަދި ސެލްފް ސާވިސް އޭޓީއެމް ބޭނުންކުރުމަށް އެ ބޭންކުން ވަނީ އެދިފަ އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި ބޭންކްގެ ކޮންޓެކްޓް ސެންޓަރުގެ ނަންބަރު 3330200 އާއި ވެބް ޗެޓް އަދި ބޭންކްގެ ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އެހީތެރިކަން ލިބޭނެ އެވެ.

ބީއެމްއެލް އިން ވަނީ އެ ބޭންކްގެ ކަސްޓަމަރުންނަށް އާ އަހަރުގެ ތަހުނިޔާވެސް ފޮނުވާފަ އެވެ.