މޯލްޑިވްސް ހައްޖު ކޯޕަރޭޝަން

ހައްޖުވެރިންނަށް 800 ސްމާޓް ޓެގް ހޯދަނީ

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދިޔަ ހައްޖާޖީން --
0%
0%
0%

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށްދާ ހައްޖާޖީންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސްމާޓް ޓެގް ބޭނުންކުރަން ނިންމާ 800 ޓެގް ހޯދަން އިއުލާނުކޮށްފި އެވެ.

ހައްޖު ކޯޕަރޭޝަނުން ވަނީ އެ ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށްދާ ހައްޖާޖީންގެ އަތުގައި ސްމާޓް ޓެގް ބޭނުންކުރަން ނިންމާފައިވާކަން ހާމަކޮށްފަ އެވެ.

ހައްޖުގެ އަޅުކަމުގެ ތެރޭގައި ބައެއް ފަހަރު ހައްޖާޖީން ގެއްލިގެން ހޯދަން ޖެހޭއިރު މި ސްމާޓް ޓެގް ގެ އެހީގައި މީހުން ލޮކޭޓްކުރެވޭނެ އެވެ.

އެ ގޮތުން ހައްޖު ކޯޕަރޭޝަނުން ވަނީ "ސެމްސަންގް ގެލެކްސީ ސްމާޓްޓެގް 2" ގެ 800 ޓެގް ހޯދަން އިއުލާނުކޮށްފަ އެވެ.

މީގެ އިތުރުން ސެމްސަންގް ގެލެކްސީ އެސް23 އަލްޓްރާ ފޯނާއި ފޯނާއި ގުޅޭ ބައެއް ސާމާނު ހޯދަންވެސް ވަނީ އިއުލާނުކޮށްފަ އެވެ.

ރާއްޖެއަށް ހައްޖު ކޯޓާގެ ގޮތުގައި ރަސްމީކޮށް ލިބޭ ހުރިހާ ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.

ހައްޖަށް ދިއުމަށް މިވަގުތު ހައްޖު ކޯޕަރޭޝަނުގެ ކިޔުގައި 6،000 މީހުން ރަޖިސްޓްރީވެފައި އެބަތިއްބެވެ. މީގެތެރެއިން 4،706 މީހުން ވަނީ ހައްޖަށް ދިއުމަށް ދައްކަން ޖެހޭ ފައިސާ އެއްކޮށް ދައްކާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910