މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންނަށް ފިލަން ދުއްވި ކާރަކުން 53 ބަނގުރާފުޅި އަތުލައިގެންފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ދަތުުރުކުރި ކާރެއް މަޑުކުރަން އެއާޕޯޓް ފުލުހުން އެންގުމުން މަޑުނުކޮށް ދިޔަ ކާރެއް ފަހަތުން ދުއްވާ އެ ކާރު ހުއްޓުވައި ބަލައި ފާސްކުރިއިރު ބަނގުރާފުޅިތަކެއް ފެނިއްޖެ އެވެ.

ފުލުހުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މި ކާރު ހުއްޓުވާފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ރީތިގަސް މަގުންނެވެ.

ފުލުހުން ބުނީ ކާރު ބަލައި ފާސްކުރިއިރު 53 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.

މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 56 އަހަރުގެ ދިވެހި ފިރިހެނަކާއި ބިދޭސީ ފިރިހެނެކެވެ.

މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ދިވެހި މީހާގެ ބަންދަށް ތިން ދުވަސް އަދި ބިދޭސީ މީހާގެ ބަންދަށް 10 ދުވަސް ކޯޓުން ވަނީ ދީފަ އެވެ.