އެމްޓީސީސީ

އެމްޓީސީސީގެ ޗެއާމަންގެ މަގާމަށް މުހައްމަދު އަފީފު

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ޗެއާމަންގެ މަގާމަށް މުހައްމަދު އަފީފު ހުސައިން އައްޔަންކުރައްވައިފި އެވެ.

އެމްޓީސީސީގެ ޗެއާމަންގެ މަގާމަށް އަފީފު އައްޔަންކުރައްވާފައިވަނީ އިއްޔެ އެވެ.

ސަރުކާރުގެ ގިނަ ކުންފުނިތަކެއްގެ އިސް މަގާމުތައް އަދާކުރައްވާފައިވާ މުހައްމަދު އަފީފު ވަނީ ސްޓެލްކޯ އާއި ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންކަމުގެ މަގާމު އަދާކުރައްވާފަ އެވެ.

އަފީފު މީގެ ކުރިން ހުންނެވީ ހައުސިން އަދި ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގަ އެވެ.

އެމްޓީސީސީގެ ޗެއާމަންކަމުގެ މަގާމުގައި މީގެ ކުރިން ހުންނެވީ މުހައްމަދު ފަހީމް އެވެ.

އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ އަބްދުﷲ ޒިޔާދު އެވެ.