އެމްޓީސީސީ

އެމްޓީސީސީގެ ހިއްސާއަކަށް 3 ރުފިޔާ ބަހަން ފާސްކޮށްފި

އެމްޓީސީސީގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް ތިން ރުފިޔާ ބަހަން ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.

އެމްޓީސީސީ އިން މިގޮތަށް ނިންމީ ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު ބިލްޑިންގެ މަލްޓި ޕާޕަސް ހޯލްގައި މިރޭ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ ގައެވެ.

ޖުމްލަ 374 ހިއްސާދާރުން ހާޒިރުވެ 99.6 ޕަސަންޓް ހިއްސާދާރުންގެ ވޯޓުން ނިންމީ ހިއްސާގެ ފޭސްވެލިއުއަށް ފަސް ރުފިޔާ އަދި ޑިވިޑެންޑަށް ތިން ރުފިޔާ އެވެ.

އެމްޓީސީސީން ހިއްސާގެ ފައިދާ ލިބޭނީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް އެޖން

އެމްޓީސީސީއަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ލިބުނުއިރު ޓެކްސްއަށް ކެނޑުމަށްފަހު ފައިދާވީ 97 މިލިއަން ރުފިޔާ އެވެ. އެކަމަކު 2022 ވަނަ އަަހަރު ޓެކްސްއަށް ކެނޑުމަށްފަހު 196 މިލިއަން ރުފިޔާ ފައިދާވި އެވެ.