އިސްލާމިކް މިނިސްޓްރީ

ހައްޖުވެރިންގެ އިސް ޝައިޚަކަށް އާދަމް ޝަމީމް

ހައްޖުވެރިންނާއެކު އަންނަ އަހަރު ހައްޖަށް ވަޑައިގަންނަވާ އިސް ޝައިޚަކީ ޑރ. އާދަމް ޝަމީމު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އިސްލާމީ ޝަރީއާ އިން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ އާދަމް ޝަމީމަކީ ދީނީ ދަރުސް ދިނުމުގައި އާންމުންގެ މެދުގައި މަގުބޫލު ބޭފުޅެކެވެ.

ދިވެހި ހައްޖުވެރިންނާ އެކު ހައްޖަށް ވަޑައިގަންނަވާ ދައުލަތުގެ އެންމެ އިސް ބޭފުޅަކަށް އަމީރުލްހައްޖުގެ ގޮތުގައިވެސް ކޮންމެ އަހަރަކުވެސް ކޮންމެވެސް ބޭފުޅަކު ސަރުކާރުން ހަމަޖައްސަ އެވެ. އާންމުކޮށް އެ ޒިންމާ ހަވާލުކުރައްވަނީ ކޮންމެވެސް އެއް ވަޒީރަކަށެވެ.