އޮކްޓޯބަރު ހަތަކުން ފެށިގެން ފަލަސްތީންގެ ޣައްޒާއަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގައި މަރުވި ފަލަސްތީން މީހުން ކަމަށް ބުނެ ޣައްޒާއާ ހަވާލުކުރާ މީހުންގެ މުހިއްމު ގުނަންވަންތައް ނަގައި އެއީ ކާކުކަން ނޭނގޭ ވަރުކޮށްފައި ހުންނަ ކަމަށް އިދާރާތަކުން ބުނެފި އެވެ.
ޣައްޒާގެ އިދާރާތަކުން ބުނާ ގޮތުން އެއީ ޒަޔަނިސްޓުންގެ ހަމަލާތަކުގައި މަރުވެފައި ނުވަތަ އެ ނޫން ގޮތަކަށް މަރާފައި ތިބި ބައެއްކަން ކަށަވަރުކުރެވޭނެ ގޮތެއްވެސް ނެތެވެ.
އިޒްރޭލުން ހަވާލުކުރާ މީހުންގެ ހަށިތައް ބަލާ ޗެކުކުރުމުން އެ މީހުންގެ ހަށިގަނޑުން ނާޒުކު އަދި ދިރިދެމި އޮތުމަށް މުހިއްމު ގުނަވަންތައް ނަގާފައި ހުންނަ ކަމަށް ޣައްޒާގެ އިދާރާތަކުން ވަނީ ބުނެފަ އެވެ.
ފަލަސްތީން މީހުންނާ މެދު މިހާ އިނާނެތިކޮށް ހިތާފައިވާތީ މި މައްސަލަ ބަލައިދިނުމަށް ދުނިޔޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށްވެސް އިދާރާތަކުން ބުނެ އެވެ.
އިންސާނުންގެ ގުނަވަންތަކަށް ޒަޔަނިސްޓުން އޮތް ދަހިވެތިކަމެއްގެ ސަބަބުން ގަރުބުސްތާނުގައި ވަޅުލާފައި ތިބި ގަބުރުތައް ނަގައި، ގުނަވަންތަކުގެ ބޭނުންހިފާފައިވާ ކަމަށްވެސް ޣައްޒާގެ އިދާރާތަކުން ތުހުމަތު ކުރެ އެވެ.
އިޒްރޭލުގެ ޒަޔަނިސްޓު ޔަހޫދީން ޣައްޒާއަށް އެއްގަމު މަގުން އަރައި ހިންގަމުން ގެންދާ އަނިޔާވެރި އޮޕަރޭޝަންތަކުގައި މަރާފައި ތިބި ފަލަސްތީންގެ އެތައް ބަޔަކު ވަނީ ޣައްޒާއާ ހަވާލުކޮށްފަ އެވެ.
ޣައްޒާގެ އިދާރާތަކުން ބުނާ ގޮތުން އެއީ ކޮން ބައެއްކަން ފާހަގަކުރެވޭ ވަަރަށް ވުރެ ހަށިތަކަށް ހުރީ ބޮޑެތި ގެއްލުން ދީފަ އެވެ. އަދި އިޒްރޭލުން ހަވާލުކުރި އެކެއްގެ ނަންވެސް އެނގެން ނެތް ކަމަށްވެސް އިދާރާތަކުން ބުނެ އެވެ.
އދ އިން ބުނާ ގޮތުން އިޒްރޭލުން 80 އަށް ވުރެ ގިނަ ގަބުރު ޣައްޒާއާ ހަވާލުކުރި އެވެ.
ޒަޔަނިސްޓުން ބުނާ ކަމަށް އދ އިން ބުނީ އެއީ ޣައްޒާ ބޯޑަރުގައި ހަމަލާތައް ބަދަލުކުރިއިރު މަރުވި މީހުން ކަމަށެވެ. ނަމަވެސް ޒަޔަނިސްޓުންގެ މި ބުނުމަކީ އެއްވެސް ހާލަތެއްގައި ތެދުކުރެވޭ ވަރުގެ ބަހެއް ނޫންކަން ޣައްޒާގެ އިދާރާތަކަށް އެނގެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިންސާނުންގެ ގުނަވަންތައް ވަގަށް ނަގައި ޒަޔަނިސްޓު ގުރޫޕްތަކުން ވަރަށް ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރެ އެވެ. މިގޮތުން ގުނަވަންތައް ނެގުމަށް ފަލަސްތީންނުން މީހުން ރަހީނުކޮށް ވަގަށް ނަގާ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.
އިޒްރޭލުން ޣައްޒާއަށް މިހާރު ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން -- ހަމަލާތަކުގައި އަދި ހަމާސްއާ އެއްވެސް ގުޅުމެއް ނެތް އެތައް ބަަޔަކު ވަނީ ހައްޔަރުކޮށްގެންވެސް ގެންގޮސްފަ އެވެ.