އިޒްރޭލުގެ ދިފާއީ ބާރުތަކުން ފަލަސްތީންގެ ޣައްޒާއަށް އެއްގަމު މަގުން އަރައިގަނެ ދެމުން ގެންދާ އަނިޔާވެރި އަމަލުތަކުގައި -- ޒަޔަނިސްޓުންގެ ހަމަލާތަކުގައި އެ މީހުންގެ އަމިއްލަ ސިފައިން ވެސް ދަނީ މަރުވަމުންނެވެ.
ޔަހޫދީންނަކީ މި ބާވަތުގެ އަމަލުތަކަށް އެއްބަސްވާ ބައެއް ނޫނެވެ. ދޮގުގެ މައްޗަށް ދޮގުހަދަމުން ގޮސް ދެން ހަދާނެ ގޮތެއް ނެތުމުން ނޫން ގޮތަކަށް -- ކަން ހިގައި ދިޔަ ގޮތް ކިޔައެއް ނުދެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި މަހު ކުރީ ކޮޅު އިޒްރޭލު ސިފައިން ޣައްޒާގައި ހަމާސް ފަހައި ދިން ހަމަލާތަކެއް، އެ މީހުން އަމިއްލަ ތިން ސިފައިންނަށް އަރައި ވަނީ މަރުވެފަ އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއާ ސުވާލުކުރުމަށް ނޫސްވެރިންނަށް މީގެ ކުރިން ލިބުނު ފުރުސަތުތަކުގައި އަސްކަރިއްޔާގެ ވެރިން ވަނީ މި ހަބަރު ދޮގުކޮށްފަ އެވެ. ނަމަވެސް އިޒްރޭލު ސިފައިން މިހާރު ބުނާ ގޮތުން -- ހަމާސް ޖަމާއަތަށް ނިސްބަތްވާ ބައެއް ކަމަށް ހީކޮށް އެ މީހުންނަށް ވަނީ އިޒްރޭލުގެ ތިން ސިފައިން މަރާލެވިފަ އެވެ. އެއީ އަސްކަރިއްޔާ އިން ބުނާ ގޮތުން ކުރިން ރާފާފައި އޮތް ހިސާބު ދޫކޮށް އެ މީހުން ދިއުމުން ހިނގި ހާދިސާ އެކެވެ.
މި ހާދިސާގައި ކަންތައް ހިނގާ ދިޔަ ގޮތް އިޒްރޭލު އަސްކަރިއްޔާ އިން ވަނީ ކިޔައިދީފަ އެވެ.
އެ މީހުން ބުނި ގޮތުން މި ތިން ސިފައިންނަކީ ހަމާސްގެ ހައްޔަރުގައި ތިބި ތިން މީހުންނެވެ. އެ މީހުން އެ ތަނުގައި ތިބިކަން ނޭނގި ދެވުނު ހަމަލާއެއްގައި ތިން ސިފައިން މަރުވީ ކަމަށް ޒަޔަނިސްޓުން ބުނެ އެވެ.
އަމިއްލަ ތިން ސިފައިން މަރާލެވުމަކީ ވަރަށް ބޮޑު ފޭލިވުމެއް ކަމަށް އިޒްރެލުގެ ސިފައިންގެ ވެރިޔާ ހަރްޒީ ހަލަވީ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އެކަމުގެ ޒިންމާ އަސްކަރިއްޔާގެ ވެރިން ނަގާ ކަމަށެވެ.
ހަމާސްގެ އަތްދަށުވާ ސިފައިން ސަލާމަތްކުރުމުގައި އިޒްރޭލު ސިފައިން ފޭލިވާ ކަމަށްވެސް ހަލަވީ ވިދާޅުވި އެވެ.
އަސްކަރިއްޔާ އިން ބަލަންވާ ވަރަށް ނުބަލައި ދެވުނު ހަމަލާއެއްގައި އެ ތިން މީހުން މަރުވުމަކީ އިޒްރޭލު އަސްކަރިއްޔާ ތެރޭގައި ބައިބައިވުން -- ޣައްޒާ ހަނގުރާމައާ ދެކޮޅު ސިފައިން ތިބިކަން ކަށަވަރުކޮށްދޭ ކަމެއް ކަމަށް މަސްރަހު ދިރާސާކުރާ މީހުން ބުނެ އެވެ.
އިޒްރޭލުގެ އަސްކަރިއްޔާގައި މަސައްކަތްކުރި ނަމަވެސް އެ މީހުންނަށް ކުރެވޭ ކޮންމެ އަމުރަކަށް ތަބާވުމަށް ކޮންމެ ކޮންމެ މީހަކު ތައްޔާރު ނޫން ކަމަށްވެސް ބުނެ އެވެ. ސިޔާސީ ގޮތުން އެ މީހުންނަށް އަމުރުކުރުމަކީ އަސްކަރިއްޔާގައި އޮތް ވަރަށް ބޮޑު ހިޔާލު ތަފާތުވުމެއް ކަމަށްވެސް ދިރާސާކުރާ މީހުން ބުނެ އެވެ.