ދިރާގު

ދިރާގުގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އާ އަހަރަށް ޑަބަލް ޑޭޓާ

ދިރާގުގެ އާ އަހަރުގެ އޮފަތަކުގެ ތެރެއިން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ޑަބަލް ޑޭޓާ ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން ތައާރަފްކޮށްފި އެވެ.

މި އޮފަތަކާ އެކު ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ތެރެއިން 7ޖީބީގެ ބޫސްޓަރެއް ނަގާ ކޮންމެ ކަސްޓަމަރަކަށް ދެގުނަ ޑޭޓާ ލިބޭނެ އެވެ. އެގޮތުން 7ޖިބީގެ އަގަށް އިތުރު ހަރަދަކާ ނުލާ ޖުމްލަ 14 ޖީބީ ލިބޭނެ އެވެ.

މީގެ އިތުރުން ދިރާގުން ވަނީ މޯބައިލް ކަސްޓަމަރުންނަށް އައު އަހަރަށް ހިތްގައިމު އޮފަތަކެއް ލޯންޗުކުރުމާއެކު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިމިޓްލެސް ސޯޝަލް މީޑިއާ އަދި ސަޅި އެނުއަލް އާއި ސަޅި 180 ޑޭސް ޕެކޭޖްތަކަށް ހާއްސަ ޕްރޮމޯ އަގުތަކެއްވެސް ތައާރަފްކޮށްފަ އެވެ.

ދިރާގު އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް އައު އަހަރުގެ ލިމިޓެޑް ޓައިމް އޮފަތައް ކުރިއަށް އޮތް ޖެނުއަރީގެ ނިޔަލަށް ފަސޭހަކަމާއެކު އެކްޓިވޭޓް ކުރެވޭނެ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް މުއްސަނދިކޮށް އަގުހުރި އައު އޮފަތަކަކާއި އެކު ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.