ދުނިޔެ

އިޒްރޭލާ ދެކޮޅަށް ދެކުނު އެފްރިކާއިން ގާނޫނީ ފިޔަވަޅު އަޅަނީ

އިޒްރޭލާ ދެކޮޅަށް ޝަރީއަތް ހިންގުމަށް ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި އެދިއްޖެ އެވެ.

ދެކުނު އެފްރިކާއިން އައިސީޖޭއަށް ހުށަހެޅި މައްސަލާގައި އެދިފައި ވަނީ ފަލަސްތީންގެ ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ޖަރީމާތައް ބަލައިދިނުމަށެވެ.

ޣައްޒާގައި ޒަޔަނިސްޓުން ހިންގަނީ އިންސާނީ ޖަރީމާތަކެއް ކަމަށް ބެލެވޭތީ -- އިންސާނުންނާ ދެކޮޅަށް އެ ފަދަ އަލުތައް ހިންގާ ބަޔަކަށް އަދަބު ދިނުމަށް ވެސް ވަނީ އެދިފަ އެވެ.

އިޒްރޭލުގެ މަގުސަދަކީ ބަދަލުހިފުން ކަމަށް ބެލެވޭ ކަމަށް ދެކުނު އެފްރިކާ ގަބޫލުކުރާ ކަމަށް މައްސަލާގައި ބުނެފައިވެ އެވެ. އަދި އިޒްރޭލުން ހިންގަނީ ޒަޔަނިސްޓުންނަށް ނުރައްކަލެއް އޮވެގެން ހިންގާ ޖަރީމާތަކެއް ކަމަށް ނުބެލެވޭ ކަމަށް ވެސް ބުނެފައި ވެއެވެ.

ޣާއްޒާ އަކީ އަސްކަރީ ގޮތުން އިޒްރޭލާ އަޅާކިޔޭ ވަރަށް ވުރެ ނިކަމެތި ބައެއް ކަމަށާއި -- އާރެން ބާރެއް ނެތް ބަޔަކާ ދެކޮޅަށް އިޒްރޭލުގެ އަސްކަރިއްޔާގައި ހުރި ހުރިހާ ބާރުވެރިކަމެއް ބޭނުންކުރުމަކީ ކުށެއް ކަމަށް ގަބޫލުކުރާ ކަމަށް ވެސް ދެކުނު އެފްރިކާއިން ބުނެ އެވެ.

މުޅި ޣައްޒާ އަކީ ހަނގުރާމައިގެ މައިދާނަކަށް ޒަޔަނިސްޓުން ހަދައިފި ކަމަށާއި އެކަމަކު ޣައްޒާގެ ރައްޔިތުން އިޒްރޭލާ ދެކޮޅަށް ހަތިޔާރު އުފުލާތީ އެއްވެސް ބަޔަކަށް ނުފެންނަ ކަމަށް ވެސް އައިސީޖޭއަށް ހުށަހެޅި މައްސަލާގައި ވެއެވެ.

އިޒްރޭލުން ހިންގަމުން ގެންދަނީ ނަސްލު ނައްތާލުމުގެ އަމަލެއް ކަމަށް ދެކުނު އެފްރިކާ ދެކޭ ކަމަށް ވެސް އެ ގައުމުން ބުނެ އެވެ.

ޣައްލާގެ ހާލަތު މިހާރު އޮތް ގޮތުން އިޒްރޭލަށް ފިޔަވަޅު އެޅުމުގައި އައިސީޖޭއިން ފަހަތަށް ނުޖެހުމަށް ވެސް ގޮވާލާފައި ވެއެވެ.

އިޒްރޭލުގެ އަމަލުތައް ހުރި ގޮތުން ވަކިވަކި ޔަހޫދީން ވެސް އެ މީހުންނަށް ފެންނަ ގޮތެއް ފަލަސްތީން މީހުންނަށް ހަދަމުން ގެންދާ ކަމަށް ދެކުނު އެފްރިކާއިން ބުނެ އެވެ.

ފަލަސްތީން މީހުންނާ މެދު ޔަހޫދީން ދެކެނީ އެއްވެސް ގަދަރެއް ނެތް އަދި ދިރިތިބެގެން ނުވާނެ ބައެއްގެ ގޮތުގައި ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

އިޒްރޭލަށް ހަމަލާދީން ބަޔަކަށް ހަމަލާދިނުން އެންމެ ރަނގަޅު ކަމަށް ދެކުނު އެފްރިކާ ދެކޭ ކަމަށާއި ޣައްޒާގައި ތިބިހާ ބަޔަކީ ޒަޔަނިސްޓުންގެ ދިރިތިބުމަށް ގޯނާކުރާ ބައެއް ނޫން ކަމަށް ވެސް އައިސީޖޭއާށް ހުށަހެޅި މައްސަލާގައި ބުނެފައި ވެއެވެ.

ޒަޔަނިސްޓުން ދެކޭ ގޮތުން ހަނގުރާމާގައި ބައިވިޔަސް އަދި ނުވިޔަސް ފަލަސްތީން މީހެއް ނަމަ ޖެހޭނީ މަރަން ކަމަށް އެ މީހުންގެ އާންމުން ވެސް ގަބޫލުކުރާ ކަމަށް ވެސް ދެކުނު އެފްރިކާއިން ދެކެ އެވެ.