ދިރާގު

ދިރާގު މައިއެކައުންޓުން ފަސޭހަކަމާއެކު ހިދުމަތްތައް އޮންލައިންކޮށް މެނޭޖްކޮށްލާ

Dec 30, 2023

ދިރާގު މައިއެކައުންޓް ހިދުމަތާއެކު ދިރާގު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އޮންލައިންކޮށް އެކި ހިދުމަތްތަކަށް އެޕްލައިކޮށްލާ ހުރިހާ ހިދުމަތްތަކެއް އެއްތަނަކުން މެނޭޖުކުރެވޭނެ އެވެ.

މިއީ ދިރާގު މައިއެކައުންޓް މެދުވެރިކޮށް ކަސްޓަމަރުން އެންމެ ގިނައިން އޮންލައިންކޮށް ހޯދާ ބައެއް ހިދުމަތްތަކެވެ.

ޕޯސްޓްޕެއިޑް ނުވަތަ ފައިބަ ބްރޯޑްބޭންޑް ޕެކޭޖް ބަދަލުކުރުން

ދިރާގު މައިއެކައުންޓް މެދުވެރިކޮށް މޮބައިލް ޕޯސްޓްޕެއިޑް ޕްލޭން ނުވަތަ ފައިބަ ބްރޯޑްބޭންޑް ޕެކޭޖް އަޕްގްރޭޑް ނުވަތަ ޑައުންގްރޭޑްކޮށްލެވޭނެ އެވެ.

އާ ފައިބަ ބްރޯޑްބޭންޑް ކަނެކްޝަނެއް ނެގުން

އާ ދިރާގު ފައިބަ ބްރޯޑްބޭންޑް ކަނެކްޝަނަކަށް އެދޭ ކަސްޓަމަރުންނަށް މިހާރު ފަސޭހަކަމާއެކު މައިއެކައުންޓް މެދުވެރިކޮށް އެކަން ކުރެވޭނެ އެވެ.

ބްލޭންކް ސިމް އެކްޓިވޭޓްކުރުން

މިހާރު ދިރާގު ޕާޓްނަޝޮޕް އިން ގަންނަ ބްލޭންކް ސިމް ކާޑް އެކްޓިވޭޓްކުރުމަށް ކޮންމެތާކު ހުރެވެސް ދިރާގު މައިއެކައުންޓް މެދުވެރިކޮށް ރިކުއެސްޓްކުރެވޭނެ އެވެ.

ފައިބަ ބްރޯޑްބޭންޑް ހިދުމަތުގެ ލޮކޭޝަން ބަދަލުކުރުން

އެއް އިމާރާތުން އަނެއް އިމާރާތަށް ނުވަތަ އެއް އިމާރާތެއްގެ ތެރޭގައިވެސް ދިރާގު ފައިބަ ބްރޯޑްބޭންޑް ހިދުމަތުގެ ލޮކޭޝަން ބަދަލުކުރަން ބޭނުންނަމަ މިހާރު ފަސޭހަކަމާއެކު ދިރާގު މައިއެކައުންޓް މެދުވެރިކޮށް އެކަމަށް ހުށަހެޅޭނެ އެވެ.

ވަގުތީ ގޮތުން ޚިދުމަތް މެދުކަނޑާލުން

ރާއްޖެއިން ބޭރަށް ދިގު މުއްދަތަކަށް ދަތުރުކުރާނަމަ މައިއެކައުންޓް މެދުވެރިކޮށް ފަސޭހަކަމާއެކު ޕޯސްޓްޕެއިޑް ނުވަތަ ފައިބަ ބްރޯޑްބޭންޑްގެ ހިދުމަތް މެދުކަނޑާލެވޭނެ އެވެ. ހިދުމަތް މެދުކަނޑާލަން ބޭނުންވާ މުއްދަތެއް އިހުތިޔާރު ކުރުމަށްފަހު ހިދުމަތަށް އެޕްލައިކުރެވޭނެ އެވެ.

މީގެ އިތުރުން ދިރާގު މައިއެކައުންޓް މެދުވެރިކޮށް ފަސޭހަކަމާއެކު އެކި ހިދުމަތްތައް މެނޭޖް ކުރެވޭނެ އެވެ. އެގޮތުން ތަފާތު ބިލިންގް އެކައުންޓްތަކުގެ ޕޯސްޓްޕެއިޑް އަދި ފައިބަ ބްރޯޑްބޭންޑް ބިލް ދެއްކުން، ޕްރީޕެއިޑް ނަމްބަރުތައް ރީޗާޖްކޮށް އަދި އެކި އެޑް-އޮންސްވެސް ނެގޭނެ އެވެ. އަދި ދިރާގު މައިއެކައުންޓް މެދުވެރިކޮށް އެދޭ ހިދުމަތްތަކުގެ ސްޓޭޓަސްވެސް ބަލާލެވޭނެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ޑިޖިޓަލް ހިދުމަތް ދޭ ކުންފުނީގެ ހައިސިއްޔަތުން ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެފަރާތްތަކުގެ ހުރިހާ ހިދުމަތްތަކެއް މެނޭޖްކުރުމަށް އެހީތެރިވެދިނުމަށެވެ.