ހަބަރު

ކުޑަކުއްޖަކަށް ޖިންސީ ގުނަވަން ދެއްކި މީހަކު 3 އަހަރަށް ޖަލަށް

ކުޑަކުއްޖަކަށް ޖިންސީ ގުނަވަން ދެއްކި މީހަކު 3 އަހަރަށް ޖަލަށް ލުމަށް ހދ. ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.

ހދ. ނޮޅިވަރަމް، ނައިޓްޑްރީމް މުޙައްމަދު ޝަރީފް، 32އ. ގެ މައްޗަށް މި ދައުވާ އުފުލާފައި ވަނީ 2015 ވަނަ އަހަރު އެކި ދުވަސްމަތިން ކުޑަ ކުއްޖަކަށް ޖިންސީ ގުނަވަން ދައްކާފައިވާ މައްސަލައާ ގުޅިގެންނެވެ. އޭނާގެ މައްޗައް ވަނީ 3 އަހަރު ދުވަހުގެ ޖަލު ހުކުމް އިއްވާފަ އެވެ.

އެގޮތުން މި ދައުވާ ބެލުމަށް، ފަހު ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނަނީ "ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު"ގެ ދަށުން ކުރި އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވީ، މަދުވެގެން ފަސް ބާވަތުގެ ހެކި ޝަރީއަތަށް ލިބިފައިވާތީ، ކަމަށެވެ. ހުކުމުގައި ބުނެފައި ވަނީ ޖިންސީ ގުނަވަނެއް ދެއްކި ކަމަށް ސާބިތުވީ، ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ މިންވަރަށް ޝައްކެއްނެތި ޝަރީއަތަށް ސާބިތުވެފައިވާތީ ކަމަށެވެ.