ދުނިޔެ

ޗައިނާ އާއެކު މިއީ ވިޔަފާރީގައި ރެކޯޑް އަހަރެއް: ޕޫޓިން

ޗައިނާ އާއެކު ވިޔަފާރީގައި ރަޝިއާގެ މިސްރާބު ވަރަށް ސީދާ ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެ އެވެ.

ރައީސް ޝީ ޖިންޕިންގެ ޚާއްސަ ދައުވަތަށް ޗައިނާއަށް ވަޑައިގެން ވެެރިރަށް ބެއިޖިންގައި އަދި ޝީ ޖިންޕިންގެ އަރިހުގައި ހުންނަވައި ޕޫޓިން ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި 240 ބިލިއަން ޑޮލަރުގެ ވިޔަފާރި ކުރެވިފައިވާ ކަމަށެވެ.

ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރިން ލިބޭ ޖުމުލަ އަދަދު އަގުމަގުކުރުމުގައި -- ދެ ގައުމުގެ ހިސާބުތަކުގައި ފަރަގެއް ހުރި ނަމަވެސް، ވިޔަފާރީގެ ގުޅުން ދުޅަހެޔޮކަން ރެކޯޑުތަކުން ކަށަވަރު ކަމަށް ޕޫޓިން ވިދާޅުވި އެވެ.

ވިޔަފާރި ކުރިއެރުވުމުގެ ގޮތުން ހަކަތައިގެ ދާއިރާ ފުޅާކުރުމަށް ދެ ގައުމުގެ ގުޅިގެން ރޭވުންތަކެއް ރާވާނެ ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.

ޗައިނާ އާއެކު ކުރިއަށް ދެވެން ހުރި ސިނާއަތްތަކުގައި ރަޝިއާއިން ހުޅަނގަށް ބެލުމެއް ނެތް ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ. އެއްގަމު އުޅަނދާއި ގެވެހި ވަސީލަތްތަކާ ގުޅުން ހުރި ސިނާއަތްތައް ތަރައްގީ ކުރެއްވުމަކީ ވެސް ވިސްނުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޕޫޓިން ވިދާޅުވި ގޮތުގައި ރަޝިއާގެ ވިސްނުމަކީ ޗައިނާ ގުޅިގެން ސުލްހަވެރި ވިޔަފާރިތަކުގައި ދުނިޔެ ތަރައްގީކުރެއްވުމެވެ.

އޭގެ އެއް މިސާލަކީ ބްރިކްސްގެ ވިސްނުން ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.

ބްރިކްސް އަކީ މެމްބަރު ކޮންމެ ގައުމެއް ފުެއްދުންތެރި ކުރުވައިދޭނެ ގުޅުމެއް ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ. ބްރިކްސްގައި އަމިއްލަ އެދުމަކީ ދެ ތިބި ބަޔަކަށް ފައިދާ ހޯދައި ދެއްވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.