މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

މޫސުން ގޯސް، މުޅި ރާއްޖެއަށް އެލާޓް

މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މުޅި ރާއްޖެއަށް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 7:30 އިން މެންދުރުފަހު 1:30 އަށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފަ އެވެ.

މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

މީގެ އިތުރުން މެޓް އޮފީހުން ވަނީ ނ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ދެމެދުގެ ސަރަހައްދަށް މިއަދު ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ޔެލޯ އެލާޓް ނެރެފަ އެވެ.

އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށްފައިވާއިރު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.