ޑރ. މުހައްމަދު މުއިއްޒު

ވިއްސާރައިގައި ގެއްލުންވި ގެތަކަށް ރައީސް ޒިޔާރަތްކުރައްވަނީ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގައި ގެއްލުން ލިބުނު ބައެއް ގެތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ވަޑައިގެން ރައްޔިތުންގެ ހާލު ބައްލަވާލައްވައިފި އެވެ.

ރައީސް ވަނީ ގޭގެއަށް ކުރެއްވި ޒިޔާރަތުގައި އެ ގެތަކަށް ލިބުނު ގެއްލުންތަކާ ގުޅިގެން އެ ތަންތަނުގައި ދިރިއުޅޭ މީހުންނަށް ލިބުނު ގެއްލުންތައް ބައްލަވައިލައްވާ ސަރުކާރަށް ވެދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރައީސްގެ އަރިހުގައި ނައިބް ރައީސް އާއި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ލޯކަލް ގަވަރުމަންޓް އޮތޯރިޓީ މިނިސްޓަރު އާދަމް ޝަރީފް އުމަރުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މާލެއަށް ރެ އިން ފެށިގެން ކުރަމުންދާ ވިއްސާރައިގައި ބައެއް ގެތަކަށާއި ބައެއް ވިޔަފާރިތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. އަދި އާންމު ދަތުރުފަތުރަށްވެސް ވަނީ ބުރޫއަރާފަ އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެ އާއި އަތޮޅު ތެރޭގެ ރަށްތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ މޯލްޑިވްސް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓުން އޮތޯރިޓީން ގެންދަނީ ލިބުނު ގެއްލުންތައް ބަލައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.