މުހައްމަދު ސައީދު

ޓްރާންޝިޕްމަންޓަށް ހާއްސަ ދިވެހި ކުންފުންޏެއް އުފައްދަނީ

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު --
0%
0%
0%

ރާއްޖޭގެ އިގްތިސާދީ ރައްކާތެރިކަން ކަށަވަރުކުރުމާއި ވެލިއުއެޑްކުރުމާއި ޓްރާންޝިޕްމަންޓް ރީއެކްސްޕޯޓް ވިޔަފާރިއަށް ހާއްސަ ދިވެހި ކުންފުންޏެއް އުފައްދަން ނިންމައިފި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ މިއީ 100 ޕަސަންޓް ދިވެހި ކުންފުންޏެއް ކަމަށެވެ. މި ކުންފުނި އުފައްދަން ނިންމާފައިވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯންގެ ނަމުގައި ކަމަށެވެ.

މި ކުންފުނި އުފައްދަން ނިންމެވީތީ އެކަމަށް ސައީދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް މަރުހަބާ އާއި ޝުކުރު ދަންނަވާފަ އެވެ.

ސައީދު އިތުރަށް ވިދާޅުވީ ކުރިއަށް ދެ ހަފުތާއެއްހާ ތެރޭގައި އެ ކުންފުނި އުފެއްދުމަށް ބޭނުންވާ ކެޕިޓަލް އާއި ބިމާއި މުވައްޒަފުން އަދި ވަސީލަތްތައް ހަމަޖައްސާނެ ކަމަށެވެ.

ރާއްޖެއަށް މިހާރު އެންމެ ބޮޑު އާމްދަނީ މައިގަނޑު ގޮތެއްގައި ލިބެނީ ޓޫރިޒަމް އާއި މަސްވެރިކަމުގެ ދާއިރާ އިންނެވެ.

ޓްރާންޝިޕްމަންޓަށް ހާއްސަ ދިވެހި ކުންފުންޏެއް އުފެއްދުމަކީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކުރަން ނިންމާފައިވާ ކަމެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345