އެމްޑީޕީ

މަޖިލިސް އިންތިހާބު: ޕްރައިމަރީއަކާ ނުލައި 36 ބޭފުޅަކަށް އެމްޑީޕީގެ ޓިކެޓް ކަށަވަރުވެއްޖެ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ހުށަހެޅުއްވި 36 ބޭފުޅަކަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ކަށަވަރުވެއްޖެ އެވެ.

މި ބޭފުޅުންނަށް އެމްޑީޕީގެ ޓިކެޓް ކަށަވަރުވީ މަޖިލިސް ޕްރައިމަރީއަށް އެ ޕާޓީން ހުޅުވާލި ފުރުސަތުގައި މި 36 ބޭފުޅުން ކުރިމަތިލެއްވި ދާއިރާތަކަށް ވާދަކުރުމަށްޓަކައި އެމްޑީޕީގެ ޓިކެޓަށް އިތުރު ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީ އެވެ.

ޕްރައިމަރީއަކާ ނުލައި ޓިކެޓް ކަށަވަރުވި ބޭފުޅުން

  • އަހްމަދު ސަލީމް - ހޯރަފުށި ދާއިރާ
  • މުހައްމަދު އާރިފް - އިހަވަންދޫ ދާއިރާ
  • ހުސައިން ޒިޔާދު - ވައިކަރަދޫ ދާއިރާ
  • މުހައްމަދު ރާއީ - މަކުނުދޫ ދާއިރާ
  • އަލީ ރިޒާ - މިލަންދާ ދާއިރާ
  • މުހައްމަދު ޝާހިދު - ފުނަދޫ ދާއިރާ
  • އަހްމަދު ފާތިހު - ހޮޅުދޫ ދާއިރާ
  • އިސްމާއިލް އަހްމަދު - ދުވާފަރު ދާއިރާ
  • މުހައްމަދު ޝަފީގު - ތުޅާދޫ ދާއިރާ
  • ޖީހާން މަހުމޫދު - ހިންނަވަރު ދާއިރާ
  • މުހައްމަދު ލުތުފީ - މާފުށި ދާއިރާ
  • އިބްރާހިމް އަމީރު - ތުލުސްދޫ ދާއިރާ
  • އަލީ އަމީޒް - މާމިގިލި ދާއިރާ
  • އިކްރާމް ހަސަން - ދިއްގަރު ދާއިރާ
  • އިޔާސް އިސްމާއިލް ލަތީފް - މީދޫ ދާއިރާ
  • ހަސަން ޝިނާން - ގުރައިދޫ ދާއިރާ
  • ހުސައިން އަބޫބަކުރު - ފޮނަދޫ ދާއިރާ
  • ޔައުގޫބު އަބްދުﷲ - ދާންދޫ ދާއިރާ
  • އަހްމަދު ސައީދު - ގެމަނަފުށި ދާއިރާ
  • ސައްޔާހު ހަލީހް - ކޮލަމާފުށި ދާއިރާ
  • އަހްމަދު ގައިސް - ތިނަދޫ އުތުރު ދާއިރާ
  • އަހްމަދު ޒައީމް - ފަރެސްމާތޮޑާ ދާއިރާ
  • އަހްމަދު ސައީދު މުހައްމަދު - ގައްދޫ ދާއިރާ
  • ހުސައިން މުހައްމަދު ދީދީ - ފުވައްމުލަކު މެދު ދާއިރާ
  • މުހައްމަދު އަސްލަމް - ހިތަދޫ އުތުރު ދާއިރާ
  • އިބްރާހިމް ނާޒިލް - ހިތަދޫ ދެކުނު ދާއިރާ
  • އިބްރާހިމް އަލީ ޖަލީލް - މެދު ހެންވޭރު ދާއިރާ
  • ހުސައިން ޝަމީމް - ހެންވޭރު ދެކުނު ދާއިރާ
  • މުހައްމަދު އިބްރާހިމް - ގަލޮޅު އުތުރު ދާއިރާ
  • މީކާއިލް އަހްމަދު ނަސީމް - ގަލޮޅު ދެކުނު ދާއިރާ
  • ލިރުގާމް ވަހީދު - މައްޗަންގޯޅި އުތުރު ދާއިރާ
  • އަބްދުﷲ ސިނާން - މައްޗަންގޯޅި ދެކުނު ދާއިރާ
  • މުހައްމަދު ފަލާހު - މާފަންނު ހުޅަނގު ދާއިރާ
  • އަހްމަދު އާމިރު - މާފަންނު މެދު ދާއިރާ
  • ހަސަން އިއާދު ސަލީމް - މާފަންނު ދެކުނު ދާއިރާ
  • އަކްރަމް ކަމާލުއްދީން - މައްޗަންގޯޅި މެދު ދާއިރާ

ޕްރައިމަރީއަކާ ނުލައި އެމްޑީޕީގެ ޓިކެޓް ކަށަވަރުވި ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައި މިހާރުވެސް ހިމެނޭ އެމްޑީޕީގެ 16 މެންބަރަކު ހިމެނެ އެވެ.

އެމްޑީޕީން ބުނީ އެއް ކެންޑިޑޭޓަަށް ވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ދާއިރާތަކުގައި އަމަލުކުރާނެ ގޮތެއް ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތަށް އެކުލަވާލާފައިވާ ވިލަރެސް ކޮމިޓީން ނިންމުމުން އެގޮތެއް އިއުލާން ކުރާނެ ކަމަށެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން ހޮވާނެ އެވެ. އިންތިހާބު ބާއްވާ ތާރީހް އަންނަ އާދިއްތަ ދުވަހު އިއުލާންކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފައިވެ އެވެ.