ދުނިޔެ

ގާސިމް ސުލައިމާނީ މަހާނަ ދޮށުގައި ބޮޑު ގޮވުމެއް، 103 މަރު

އީރާންގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީ މަހާނަ ދޮށުގައި ބާރުގަދަ އެއްޗެއް ގޮއްވާލައި 103 އަށް ވުރެ ގިނަ މީހުން މަރައިފި އެވެ. ޒަޚަމްވި މީހުންގެ އަދަދު 141 އަށް ވުރެ ގިނަ ކަމަށް އިދާރާތަކުން ބުނެ އެވެ.

ގުދުސް ފޯސް އަކީ އީރާންގެ ރިވޮލޫޝަނަނީ ގާޑް ކޯޕްސްގެ ގޮތްޕެކެވެ. ގުދުސް ފޯސްގައި މުޅިހެން ހިމެނެނީ އީރާންގެ އަސްކަރިއްޔާގައި ހެވިކަމަށާއި ބުއްދިލައިދިނުމަށް ކުޅަދާނަ ޖެނަރަލުންކާއި ކޮމާންޑަރުންނެވެ.

ގާސިމް ސުލައިމާނީ އަވަހާރަކޮށްލާފައި ވަނީ އެމެރިކާއިން ދިން ވައިގެ ހަމަލާއެއްގައި ޖެނުއަރީ 3، 2020 ގައެވެ.

ގާސިމް ސުލައިމާނީ މަހާނަ ދޮށުގައި ބާރުގަދަ އެއްޗެއް ގޮއްވާލާފައި މި ވަނީ އޭނާގެ މަރަށް ހަތަރު އަހަރު ފުރުން ފާހަގަކުރަން ގިނަ ބަޔަކު އޭނާގެ މަހާނަ ދޮށަށް އެއްވެ ގަބުރަށް ސަނާކިޔަނިކޮށެވެ.

ރާފިޟީ ޝީޢީންގެ ނުބައިވެގެންވާ އަގީދާގައި ގަބުރަށް އަޅުކަންކުރުމާއި ގަބުރުގެ ކިބައިން ހިތްވަރު ލިބިގަތުން ހިމެނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެ ތަނުގައި ގޮއްވާލި އެއްޗެއް ގޮއްވާލާފައި ވަނީ ކުރިއާލައި ވަަރަށް ބޮޑަށް ރާވައިގެންނެވެ. އަދި އެ އެއްޗެއް މަހާނަ ދޮށުގައި ވަޅުލައި ނުވަތަ ގަހަކާލައި އައްސައި -- އެކަން ކުރި ބަޔަކު ދުރުގައި ތިބެގެން ރިމޯޓްކޮށެވެ.

ތަހުގީގުކުރާ ޓީމުތަކުން ބުނި ގޮތުގައި މަހާނަ ދޮށުގައި ގޮއްވާލީ ދެ ބޮމެކެވެ. އެ ދެ ބޮން ދަބަހަކަށް ލައި އެ ހިސާބުގައި ބަހައްޓާފައި ހުރި ކަމަށް ވެސް މީހުން ސަލާމަތްކުރުމުގައި އުޅުނު އޮފިޝަލުން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން މިއަދަކީ އީރާންގައި ހިތާމަ ފާޅުކުރާ ދުވަސް ގޮތުގައި ވަނީ ހަމަޖައްސާފަ އެވެ.

އީރާނަށް ހެޔޮއެދޭ ގައުމުތަކުން މި ހިތާމައިގައި ބައިވެރިވަމުން އަންނައިރު، ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވަނީ އެ ގައުމުގެ ލީޑަރު އަލީ ޚާމަނާއީ އަށާއި އީރާންގެ ރައީސް، އިބްރާހީމް ރައީސީއަށް ފޯނުން ގުޅުއްވައި ހަމަލާކުށްވެރި ކުރައްވާފަ އެވެ.

ގާސިލް ސުލައިމާނީ ޖެނުއަރީ 2020 ގައި އަވަހާރަކޮށްލީ އީރާގުގައި އުޅުއްވަނިކޮށެވެ. އޭނާ އަވަހާރަކޮށްލި ސަބަބެއް ކަމަށް އެމެރިކާ ބުނީ އީރާގުގައި ހުންނަ އެމެރިކާ އެމްބަސީއަށް އީރާނުން ހަމަލާދިމުން ކަމަށެވެ.

ގުދުސް ފޯސް އަކީ ބޭރު ގައުމުތަކުގައި ޓެރަރިސްޓް ހަަމަލާތައް ދިނުމަށް ރާވައި ތަންފީޒުކުރުވާ ބައިގަނޑެއް ކަމަށް އެމެރިކާ ބުނެ އެވެ.