މެންބަރު ހުސައިން މުހައްމަދު ލަތީފް

ނައިބް ރައީސް މޮންޓެނިގްރޯއަށް ކުރެއްވި ދަތުރަށް ބައި މިލިއަން

ރައީސުލްޖުމްހޫރިއްޔާގެ ނައިބް ހުސައިން މުހައްމަދު ލަތީފް، މޮންޓެނީގްރޯއަށް ކުރެއްވި ދަތުރުފުޅަށް ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި އެވެ.

މި ދަތުރުފުޅާ ގުޅޭގޮތުން ރައީސް އޮފީހުން އާންމުކުރި މައުލޫމާތުގައި ވަނީ ދަތުރުފުޅަށް ޖުމްލަ 589،736.65 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

މޮންޓެނީގްރޯއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް

  • ބިޒްނަސް ކްލާސް (5 ޓިކެޓް): 492،746.10 ރުފިޔާ
  • ޕޮކެޓް މަނީ (5 ބޭފުޅުން): 64،638 ރުފިޔާ
  • މޮންޓެނީގްރޯގައި ފަރިއްކޮޅުގެ ހަރަދު (5 ބޭފުޅުން): 23،823.72 ރުފިޔާ
  • އިސްތަންބޫލުގައި ފަރިއްކޮޅުގެ ހަރަދު (5 ބޭފުޅުން): 7،895.07 ރުފިޔާ
  • ވިސާ ހަރަދު: 633.76 ރުފިޔާ

މޮންޓެނީގްރޯއަށް އެމަނިކުފާނު މިިދިޔަ މަހުގެ 23 ވަނަ ދުވަހު ކުރެއްވި ދަތުރުފުޅުގައި ޑަނިލޮވްގްރަޑްގައި ބޭއްވި ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓެނީގްރޯގައި ބައިވެރިވެވަޑައިގެން ތަގުރީރުކުރައްވާފައިވެ އެވެ.

މިކޮންފަރެންސްގައި ނައިބް ރައީސް ބައިވެރިވެވަޑައިގަތީ މޮންޓަނޭގްރޯގެ ރައީސް އެލެކްސާ ބެޗިޗްގެ ދައުވަތަކަށެވެ.

ރާއްޖެއާއި މޮންޓަނީގްރޯއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ ނޮވެމްބަރު 24، 2009ގައި އެވެ.