މޯލްޑިވިއަން އައިޑޮލް

ގާލާ ރައުންޑް: ފައިނަލަށް ދާން ކަނޑަން ޖެހޭ އެންމެ ބޮޑު ފަރުބަދަ

ރާއްޖޭގައި އެންމެ ފުރަތަމަ އައިޑަލް އަކަށް ވާނީ ކާކުކަން އެނގޭކަށް ދެންމާ ގިނަ ދުވަހެއް ނެތެވެ. އެކަމުގެ ފޮނި ހުވަފެން ހަގީގަތަކަށް ވާނެ ކަމުގެ އުންމީދުގައި ގޯލްޑަން ޓިކެޓު ހިފައިން އައި 45 ބައިވެރިންގެ ތެރެއިން މިހާރު ބާކީ މިއޮތީ އެންމެ 12 ބައިވެރިންނަށް މުބާރަތް ތިރިވެފަ އެވެ. މިއީ ގަދަ 12 އެވެ. މި ބައިވެރިން ފައިނަލާއި ހަމަޔަށް ދިޔުމުގެ މަރުހަލާ ކަޑަތު ކުރަން ދެން ޖެހޭނީ ގާލާ ރައުންޑުގެ ތެރެއިންނެވެ.

ރާއްޖޭގައި އެންމެ ހިނގާ ޝޯ، މޯލްޑިވިއަން އައިޑޮލްގެ ގާލާ ރައުންޑުގެ އެޕިސޯޑުތައް މިރޭ ފަށާއިރު ގަދަ 12ގައި ހިމެނެނީ އެންމެ ތިން އަންހެން ކުދިންނެވެ. ނުވަ ފިރިހެން ލަވަކިޔުން ތިބިއިރު ފާހަގަކޮށްލަން ޖެހެނީ މި 12 ލަވަކިޔުންތެރިންގެ ތެރެއިން އެންމެ މީހަކު ފިޔަވައި ދެން ތިބީ މުޅިން ވެސް މާލޭގެ އޮޑިޝަނުން މިހައި ހިސާބަށް އައިސްފައިވާ ލަވަކިޔުންތެރިންކަމެވެ.

މި ބައިވެރިންނަށް އޮތް ޕްރެޝާ މި ރައުންޑުގައި މާބޮޑެވެ. އެއީ ގަދަ ބާރާއިގައި ވަކިން ނަގާ ދަށޭ ބުނާ ވަރު މީހެއް ނެތެވެ. އަދި މި ރައުންޑުގައި ލަވާގެ ތަންތަން ކޮޅު ކިޔުމުގައި ބައިވެރިން ޖެހޭނީ މުޅި ލަވަ ކިޔަންށެވެ. އަދި ގާލާ ރައުންޑުގެ ތެރެއިން އެކި ތީމްތަކަށް ބައިވެރިން ލަވަ ކިޔަން ޖެހޭ ކަމަށް ޕީއެސްއެމް އިން މައުލޫމާތު ދެއްވަ އެވެ.

ޕީއެސްއެމް އިން ގާލާ ރައުންޑުގައި ބައިވެރިން ދެ ބަޔަކަށް ނުބަހާނެ ކަމަށެވެ. މިރެއަކީ ޕަފާމިން ނައިޓެވެ. ހުރިހާ ބައިވެރިން ވެސް ލަވަ ކިޔާނެ އެވެ. އަދި މިރެއިން ފެށިގެން ޖަޖިން ކުރިއަށްދާއިރު މާދަމާގެ ހަވީރު ހަތަރެއް ޖަހަންދެން ލަވަކިޔުންތެރިންނަށް ވޯޓް ދިނުމުގެ ފުރުސަތު އޮންނާނެ އެވެ.

އަދި ޖެހިގެން އަންނަ ރޭ މި 12 ބައިވެރިންގެ ތެރެއިން އެކަކު ވަކިވާނެ އެވެ.

ސެލެބްރިޓީ ޖަޖުންތަކާއި އެކު ގާލާ ރައުންޑުގައި ސަޕްރައިޒް ތަކެއް!

މޯލްޑިވިއަން އައިޑޮލް ބަލައިގެން މީހުން އާޝޯހުވުން އަދި އޮތީ ކުރިޔަށެވެ. ޓްވިޓާ އާއި ފޭސް ބުކް ވެސް "ފަޅާލާނެ" ވަރުގެ ސަޕްރައިޒްތައް ވެސް ކުރިޔަށް އެބަހުއްޓެވެ. ގާލާ ރައުންޑަކީ އެ ސަޕްރައިޒް ތަކުގެ ފެށުމެވެ. މިހާތަނަށް އައި އިރު ވެސް މޯލްޑިވިއަން އައިޑޮލް ވެގެން އައި ގިނަ ބައެއްގެ ހިތާއި ކުޅެލާ ރެއަލިޓީ ޝޯއަކަށެވެ.

ގާލާ ރައުންޑު ފެށުމާއި އެކު މޯލިވިއަން އައިޑޮލް "ހޫނު" ވާން ފަށާއިރު ބެލުން ތެރިން އިތުރަށް ނޭވާ ހިފާޓާލާނެ ފަދަ ކަން ކަން ކުރިޔަށް އޮތް ކަމަށް ޕީއެސްއެމް އިން ބުންޏެވެ. މިހާރުވެސް ގިނަ ދިވެހިންގެ ހިއް އަތުލާފައި ތިބި 12 ބައިވެރިންގެ ތެރެއިން ފަހަރަކު މީހެއް ކަޓާގެން ދާ އިރު ޝޯ ފިނި ކޮށްލައި ޖަޖުންގެ ގޮތުގައި ސެލެބްރިޓީޒް ވެސް ގާލާ ރައުންޑުގައި އަންނާނެ އެވެ.

ޕީއެސްއެމް އިން ބުނީ މިހާތަނަށް ޝޯއަށް ލިބުން ތަރުހީބު ދެގުނައަށް އިތުރު ވެގެންދާނެ ކަމަށެވެ.