މޯލްޑިވިއަން އައިޑޮލްގައި މަގުބޫލުކަން ހޯދި ޝަލަބީ އިބްރާހިމް އާއި އައިޑޮލްގެ ފުރަތަމަ ސީޒަންގައި ބައިވެރިވި ޝިފާ އިބްރާހިމް ކައިވެނިކޮށްފި އެވެ.
ޝަލަބީ އާއި ޝިފާ ކައިވެނި ކުރީ މިއަދު ޒޫމް މެދުވެރިކޮށް އޮންލައިންކޮށެވެ. ސަގާފީ ދިވެހި ރަތް ލިބާހުގައި ޝިފާ ހުރި އިރު ޝަލަބީ ވެސް ހުރީ ގައުމީ ހެދުމެއްގަ އެވެ. ކައިވެނީގެ ރަނަށް ޝިފާ ކިޔާފައި ވަނީ 1234.56 ރުފިޔާ އެވެ. ރަންވެސް ތައްޔާރު ކޮށްފައި ވަނީ ދިވެހިވަންތަ ގޮތަކަށެވެ.
އެނގިފައިވާ ގޮތުގައި ޝަލަބީ އާއި ޝިފާ އެކުގައިި އުޅޭތާ އަހަރެއް ވެއްޖެ އެވެ. އެހެން ނަމަވެސް މި ދެ ތަރިން ވެސް ދެމީހުންގެ ގުޅުމުގެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކޮށް ނަހަދަ އެވެ.
ޝަލަބީ އަކީ ރާއްޖޭގައި މި ފަހުން އުފެދުނު ލަވަކިޔުންތެރިންގެ ތެރެއިން ޒުވާނުންގެ ލޯބި ހޯދި ތަރި އެކެވެ. ޝިފާ ވެސް ދަނީ އެކި ކަހަލަ ޝޯތަކުގައި ޕާފޯމް ކޮށް ގިނަ ބަޔެއްގެ ތަރުހީބު ހޯދަމުންނެވެ. ދެ ތަރިން އެކުގައިވެސް ބައެއް ޝޯތައް ދީފައި އެބަ ހުއްޓެވެ.
މި ދެ ތަރިންގެ ކައިވެންޏަށް ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރިންނާއި ފަންނާނުން ދަނީ މަރުހަބާ ކިޔަމުންނެވެ.