ސީސީސީސީ

ޗައިނާގެ ސީސީސީސީގެ އިސްވެރިންނާ ރައީސް ބައްދަލުކުރައްވައިފި

ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑް (ސީސީސީސީ)ގެ އިސްވެރިންނާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ކުރާ ދަތުރުގައި ޗައިނާ އަކީ ވަރަށް މުހިއްމު ބައިވެރިއެއް ކަމަށެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރެވޭކަމަށެވެ. އަދި އިގުތިސާދީ، ވިޔަފާރީގެ ގުޅުން ޗައިނާއާ އެކު އިތުރަށް ބަދަހިކުރެއްވުމަށް ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މިބައްދަލުކުރެއްވުމުގައި ސީސީސީސީގެ އޮފިޝަލުން ދެއްކެވި ވާހަކަފުޅުގައި ދިވެހި ސަރުކާރަށް ފާގަތިކަމާއި، ހަރުދަނާކަމުން ފުރިގެންވާ މުސްތަގަބަލަކަށް އަދި އުއްމީދީ ދުވަސްތަކަކަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވި އެވެ.

މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައިވާ އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ޗައިނާ ސަރުކާރާ އެކު އަބަދުވެސް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒުވެސް ދެއްވާފައިވެ އެވެ.

ރައީސްގެ ދެކަނބަލުން ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ފުރަމާނަ ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ މަތީފެންވަރުގެ ވަފްދެއްވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.