ދުނިޔެ

އެންޓަނީ ބްލިންކެން ބިން ސަލްމާން އަރިހުގައި

މުޙައްމަދު ބިން ސަލްމާން (ކ) އަދި އެންޓަނީ ބްލިންކެން -- ސައޫދީގެ އަލްއުޅާގައި މަޝްވަރާއަށް ބައްދަލުކުރައްވަނީ
0%
0%
0%

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ސައޫދީ އަރަބިއްޔާ އަށް ވަޑައިގެން ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާ ބައްދަލުކުރައްވައިފި އެވެ. ދެ ލީޑަރުންގެ ބައްލުވުން އޮތީ ހިޖާޒުކަރައިގެ އަލްއުޅާ ސިޓީގަ އެވެ.

ބްލިންކެން ބިން ސަލްމާންއާ ބައްދަލުކުރެވީ ފަލަސްތީނާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށެވެ.

ފަލަސްތީންގެ ޣައްޒާއަށް ޔަހޫދީ ދައުލަތުން ދެމުން ގެންދާ ހަމަލާތައް ހުއްޓުވައި ޣައްޒާއަށް ބޭނުންވާ އެހީ ފޯރުކޮށްދެވޭނެ ގޮތްތަކާ މެދުވެސް ދެ ލީޑަރުން މަޝްވަރާ ކުރެއްވި އެވެ.

ޣައްޒާ ހަނގުރާމަ އަކީ އެމެރިކާގެ ރުހުމާ އެކު ޔަހޫދީން ހިންގާ ޖަރީމާތަކަކަށް ވާއިރު، އެންޓަނީ ބްލިންކެން ސައޫދީއަށް ވަޑައިގެން އެ ގައުމުގެ ވެރިންނާ ބައްދަލުކުރެއްވުމަކުން ޣައްޒާ ހަނގުރާމަ އަށް ލުއިތަކެއް ނުލިބޭނެ އެވެ.

ޣައްޒާ ހަމަލާތައް ހުއްޓެން އޮތީ އެންޓަނީ ބްލިންކެން އެނބުރި ގައުމަށް ވަޑައިގެން ރައީސް ޖޯ ބައިޑަންގެ އަރިހުގައި ހަނގުރާމަ ހުއްޓުވުމަށް އެދިވަޑައިގެން ނަސޭހަތްތެރިވެ ވަޑައިގަތުމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ދެ ލީޑަރުންގެ ބައްދަލުވުމަކީ ސިއްރު ބައްދަލުވުމެކެވެ. ބޮޑަށް މަޝްވަރާކުރެއްވީ ފަލަސްތީނާ މެދު ކަމަށްވެ އެވެ. ނަމަވެސް ދެ ގައުމުގެ ގުޅުން ހަރުދަނާކުރުމާއި ޔަހޫދީންނާ އެކު ގާތް ގުޅުމެއް ސައޫދީން އުފެއްދުމާ މެދުވެސް މަޝްވަރާކުރެވުނެވެ.

އެމެރިކާގެ އެދުމަކަށް ވެފައި އޮތީ -- ޣައްޒާގައި ތިބިހާ ބައެއްގެ ބޮލަށް ޔަހޫދީން ބޮންއަޅަމުން ގެންދާއިރުވެސް ސައޫދީއާއި ޔަހޫދީ ދައުލަތާ ދެމެދު ހަރުދަނާ ގުޅުމެއް އުފައްދައި، ފަލަސްތީންގެ ބިމުގައި ޔަހޫދީން ވަޒަންވެރި ކުރުވަން އެމެރިކާ ކުރާ މަަސައްކަތަށް ރުހުން ދިނުމެވެ.

ރިޕޯޓްތައް ބުނާ ގޮތުން މުހައްމަދު ބިން ސަލްމާން މި ފަހަރުވެސް އެންޓަނީ ބްލިންކެން އަށް ސައޫދީގެ އެދުމާއި ރުހުން ތަކުރާރުކުރައްވައި ހަނދާންކޮށްދެއްވި އެވެ.

ސައޫދީގެ އެދުމަކީ -- ޔަހޫދީންނާ ގުޅުން ބަދަހިކުރުމުގެ ކުރިން ފަލަސްތީނަށް މިނިވަން ދައުލަތެއް ހަމަޖެހުމެވެ. ދެން ހުރި މަޝްވަރާތަށް އެހާ ހިސާބަށް ފަސްކުރަން ޖެހޭ ކަމަށްވެސް ބިން ސަލްމާން ދެންނެވި އެވެ.

ގަލްފު ސަރަހައްދުގައި ހޫސީން ހަރަކާތްތެރިވުމަކީ ދުނިޔޭގެ ދަތުރުފަތުރަށް އޮތް ބިރެއް ކަމަށް ބްލިންކެން ވިދާޅުވި އެވެ. ހޫސީން ބަލިކުރުމަށް އެމެރިކާ އިސްވެ ބޮޑު ފައުޖެއް އުފައްދައި ރަތް ކަނޑަށް ނުކުމެފައި ވާއިރު، މި ފައުޖުގައި ސައުދީ އަރަބިއްޔާ ބައިވެރިއެއް ނުވެ އެވެ. ބައިވެރިވާނެ ކަމަކަށްވެސް ނުބެލެވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910