ވިލާ ހާޑްވެއާ

މަޝްހޫރު ޓެރިކޯ ހޭންޑްޓޫލްސް ވިލާ ހާޑްވެއާ އަށް

Jan 9, 2024

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކަސްޓަމަރުންގެ އިތުބާރު ހޯދާފައިވާ ވިލާ ހާޑްވެއާ އިން މަޝްހޫރު ޓެކިރޯ ބްރޭންޑްގެ ހޭންޑްޓޫލް ވިއްކަން ފަށައިފި އެވެ. މިއީ ވިލާ ހާޑްވެއާ އިން ކަސްޓަމަރުންނަށް ވީހާވެސް ގިނަ ބާވަތްތަކެއްގެ ކޮލެޓީ މުދާ ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ވިއްކަން ފެށި ޕްރީމިއަމް ހެންޑްޓޫލްތަކުގެ ބޮޑު ރޭންޖެއް ހިމެނޭ ބްރޭންޑެކެވެ.

ޓެކިރޯ އަކީ ހެންޑްޓޫލްސް މާކެޓުގައި އުފެއްދުންތެރި އަދި ކޮލެޓީ ޓޫލް ވިއްކާ ބްރޭންޑެއްގެ ގޮތުގައި މަޝްހޫރު ކުންފުންޏެކެވެ. ޓެރިކޯގެ ޕްރޮޑަކްޓް ރޭންޖުގައި ޕްރޮފެޝަނަލް އަދި އަމިއްލަ އަށް މަސައްކަތް ކުރުމަށް ލޯބިކުރާ ފަރާތްތަކަށް ވެސް ތަފާތު ސެލެކްޝަންތަކުގެ ޓޫލްސް ހިމެނެ އެވެ. ޕްރެސިޝަން ސްކްރޫޑްރައިވަރުން ފެށިގެން ހެވީ ޑިއުޓީ ރެންޗްތަކާ ހަމައަށް ޓެކިރޯގެ ހެންޑްޓޫލް ކަލެކްޝަންގައި ގިނަ ދުވަހަށް ބޭނުން ކުރެވޭނެ މޮޅެތި ޓޫލްތައް މިހާރު ވިލާ ހާޑްވެއާ އިން ލިބެން އެބަހުއްޓެވެ.

ވިލާ ހާޑްވެއާ އިން ޓެކިރޯއާ ރާއްޖޭގެ މާކެޓަށް ތައާރަފް ކުރީ, ހެޔޮ އަގުގައި މަސައްކަތްތެރިންނަށް މަތީ ފަންތީގެ ސާމާނު ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކަމަށް އެ ކުންފުނިން ބުނެ އެވެ. ވިލާ ހާޑްވެއާގެ އަމާޒަކީ މަސައްކަތްތެރިން އެންމެ ގަޔާވާ ސާމާނު މެދު ނުކެނޑި ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

ޓެކިރޯގެ ހެންޑްޓޫލްސްގެ ބޮޑު ރޭންޖެއް ތަޖުރިބާ ކޮށްލުމަށް ހުޅުމާލޭ ފޭސް 1 ގައި ހުންނަ ވިލާ ހާޑްވެއާ ފިހާރައަށް ވަޑައިގަންނަވާށެވެ. ނުވަތަ އިތުރު މައުލޫމާތު ބޭނުންވާނަމަ ވިލާ ހާޑްވެއާގެ ނަންބަރު 7211333 ނުވަތަ 3343155 އަށް ގުޅާލާށެވެ.