ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

ރައީސް މުއިއްޒު، ޗައިނާގެ ރައީސްއާ ބައްދަލުކުރައްވައިފި

0%
0%
0%

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޗައިނާގެ ރައީސް ޝީ ޖިންޕިންއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މިބައްދަލުކުރެއްވުމަށްފަހު ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައްވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

މަޝްވަރާތަކުގައި ރައީސް މުއިއްޒު ވަނީ ރާއްޖެއަށް ބޭނުންވާ އިގްތިސާދީ އަދި ތަރައްގީގެ މަޝްރޫއުތަކުގައި ޗައިނާގެ އެހީތެރިކަމަށް އެދިވަޑައިގެންފަ އެވެ.

ރައީސް މުއިއްޒު ޗައިނާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ޝީގެ ދައުވަތަކަށް ކުރައްވާ ފުރަމަނާ ދަތުރުފުޅެކެވެ.

ޑރ. މުއިއްޒަކީ ޗައިނާގެ ރައީސް ކަމުގައި ހުންނަވައިގެން ޝީ ބައްދަލުކުރެއްވި ރާއްޖޭގެ ދެވަނަ ރައީސް އެވެ. އެމަނިކުފާނު ފުރަތަމަ ބައްދަލުކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެވެ.

ރައީސްގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއްވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސް މުއިއްޒު މިމަހުގެ ހަތްވަނަ ދުވަހު ޗައިނާއަށް ފެއްޓެވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަންނަވަނީ މިމަހުގެ 12 ވަނަ ދުވަހު އެވެ.

ޗައިނާ އަކީ ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިއްމު އެހީތަކެއް އަބަދުވެސް ފޯރުކޮށްދޭ ގައުމެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910