ޑރ. މުހައްމަދު މުއިއްޒު

ޝީއާއެކު ކުރެވުނީ ބިނާކުރަނިވި މަޝްވަރާތަކެއް: ރައީސް މުއިއްޒު

Jan 11, 2024
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޗައިނާގެ ސްޓޭޓް ކައުންސިލްގެ ޕްރިމިއާ ލީ ޗިއާންއާ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ޗައިނާގެ ރައީސް ޝީ ޖިންޕިންއާއެކު ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވުނު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ޗައިނާގެ ސްޓޭޓް ކައުންސިލްގެ ޕްރިމިއާ ލީ ޗިއާންއާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

ޗައިނާގެ ބެއިޖިންގެ ގްރޭޓް ހޯލް އޮފް ޕީޕަލްގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ.

އެގޮތުން ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއާއި އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއުގެ އިތުރުން ތަރައްގީގެ އިތުރު މަޝްރޫއުތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ. އަދި ޗައިނާއިން ރާއްޖެއަށް ދަތުރުކުރާ ފްލައިޓްތައް އިތުރުކުރުމާއި ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ޕްރިމިއާ ލީ ޗިއާން ވަނީ އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިވުމަށް ހުށަހަޅުއްވާފަ އެވެ. އޭގެ ތެރޭގައި ސްކޮލަޝިޕްގެ ފުރުސަތުތަކާއި ވޮކޭޝަނަލް ޓްރެއިނިންގެ އިތުރުން ކުޅިވަރުގެ ތަމްރީންތައް ހިމެނެ އެވެ.

މީގެ އިތުރުން މަސްވެރިކަމާއި މެރިޓައިމްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނުގެ ވެރިކަމުގައި ދެ ގައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އިއްޔެ އެ ގައުމުގެ ރައީސް ޝި ޖިންޕިންއާ ބައްދަލުކުރައްވާފައިވައިރު ދެގައުމުގެ ދެމެދުގައި 20 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910