ރާއްޖޭގެ އެކި ސަރަހައްދަށް މިއަދު ފަތިހުން ފެށިގެން ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްތަކުގައި ފެންބޮޑުވުމާ ގުޅިގެން ސިފައިން ނިކުމެ ބޮޑު ސަރަހައްދަކުން ފެން ހިންދުމުގެ މަސައްކަތް ކޮށްފި އެވެ.
ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން ބޮޑަށް ހަރަކާތްތެރިވީ މާލެ އާއި ދ. ކުޑަހުވަދޫގައެވެ.
މާލޭގައި ބޮޑުވެފައި އޮތް ފެންގަނޑު ހިންދުމުގެ މަސައްކަތުގައި މާލޭގެ އެކި ސަރަހައްދުތަކުގައި ޕަންޕް ޖަހައިގެން ސިފައިން ވަނީ ކޮށްފަ އެވެ.
މާލޭގައި ސިފައިން ފެން ހިންދުމުގެ މަސައްކަތް ފެށީ ފަތިހުގެ ވަގުތުގައެވެ. މިހާރު ގާތްގަނޑަކަށް ވަނީ ފެންގަނޑު ހިންދާލެވިފަ އެވެ.
ވާރޭ ވެހިއްޖެނަމަ މާލޭގައި ފެން ބޮޑުވެ ބައެއް ސަރަހައްދުތަކުގައި ހުންނަ ގެތަކަށް ފެން ވަދެ ގެއްލުންވުމަކީ އާންމުކޮށް ހިނގާ ކަމެކެވެ.
ސިފައިން މިއަދު ވަނީ މާލޭގެ ބައެއް ގެތަކަށް ފެންވަނުން ކޮންޓްރޯލް ކުރުމަށްޓަކައި ވެލިބަސްތާވެސް ޖަހައިދީފަ އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ މާދަމާގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެެވެ.