އިންފުލުއެންޒާގެ ވައްތަރުތަކެއް މިހާރު ފެތުރެމުންދާތީ އެކަމަށް ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް ހެލްތް ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިއްޖެ އެވެ.
އިންފުލުއެންޒާ އަކީ އާންމުކޮށް ފެތުރޭ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ. އަދި ބައެއް ދުވަސްތަކުގައި މިބަލި ފެތުރޭ މިިންވަރު އިތުރުވެގެންދެ އެވެ.
އިންފުލުއެންޒާގެ ވައްތަރުތަކުގެ ތެރެއިން މިހާރު ރާއްޖޭގައި ފެތުރެމުންދަނީ އެޗްތްރީއެންޓޫ އަދި އެޗްވަންއެންވަން އަދި އިންފްލުއެންޒާ ބީ އެވެ.
އިންފްލުއެންޒާ އަދި ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ވެކްސިން ޖެހުމަށް އެޗްޕީއޭއިން އެދެ އެވެ. މީގެތެރެއިންވެސް ހާއްސަކޮށް ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން އަދި ދިގު މުއްދަތަށް ފަރުވާ ކުރަންޖެހޭ ބަލިތައް ހުންނަ މީހުން ވެކްސިން ޖެހުމުން ބޮޑުވަރު ވުމުން ރައްކާތެރިވާ ކަމަށްވެސް އެޗްޕީއޭއިން ބުނެ އެވެ.
އިންފުލުއެންޒާގެ އެޗްވަން އެންވަންގައި ފަރުވާ ކުރަމުން ދިޔަ މީހަކު މިދިޔަ މަހު މަރުވެފައިވެ އެވެ. އަދި މިިދިޔަ އާދިއްތަ ދުވަހުން ފެށިގެން ތިން ޒުވާނުން ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދެމުންދެ އެވެ.