ގއ. ވިލިނގިލިން އިތުރު ފަރުވާއަށް މާލެެއަށް ގެނައުން ލަސްވި ކުއްޖާ މާލޭގައި ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.
ވިލިނގި އަތޮޅު ހޮސްޕިޓަލްގެ ޑޮކްޓަރުން މިކުއްޖާ މާލެ ފޮނުވަން އަންގާފައި ވަނިކޮށް ކުއްޖާ މާލެ ގެނެވުނީ އޭގެ 16 ގަޑިއިރު ފަހުންނެވެ.
ކުއްޖާ މިއަދު މަރުވީ މާލެ ގެނެސް އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.
މިކުއްޖާ މާލެ ގެނައުން ލަސްވެގެން މިދިޔަ ބުރާސްފަތި ދުވަހު ގިނަ އަދަދެއްގެ ބަޔަކު ވަނީ ވިލިނގިލި އަތޮޅު ހޮސްޕިޓަލް ކުރިމަތީގައި މުޒާހަރާވެސް ކޮށްފަ އެވެ.
ވިލިނގިލި ބައެއް ރައްޔިތުން ބުނާ ގޮތުގައި އަތޮޅުގެ އެހެން ރަށްތަކުގެ ސިއްހީ މަރުކަޒުތަކަށް ވުރެ ވިލިނގިލި އަތޮޅު ހޮސްޕިޓަލްގެ ހާލަތު ދެރައެވެ.