އައިޖީއެމްއެޗް

އިންފްލުއެންޒާގައި އިތުރު ޒުވާނަކު މަރުވެއްޖެ

އިންފްލުއެންޒާގެ ވައްތަރެއް ކަމަށްވާ އެޗްވަންއެންވަން ޖެހިގެން އިތުރު ޒުވާނަކު މަރުވެއްޖެ އެވެ.

އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގައި މަރުވެފައިވަނީ އުމުރުން 35 އަހަރުގެ ދިވެހި އަންހެނެކެވެ.

އޭނާ މަރުވެފައި މިވަނީ އަޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާތާ 10 ވަރަކަށް ދުވަސް ފަހުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މިދުވަސްވަރު އިންފުލުއެންޒާ ޖެހުން އިތުރުވެފައިވާތީ ވެކްސިން ޖެހުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފަ އެވެ.

އިންފްލުއެންޒާއަށް ޕޮޒިޓިވްވި އިތުރު ޒުވާނަކަށް ފަރުވާ ދެމުން ދަނިކޮށް މިމަހު މަރުވެފައިވެ އެވެ.