އެސްއެމްއީ ބޭންކް

އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރަކަށް ފިފްޝީން

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައިޝަތު ފިފްޝީން އަލީ ހަމަޖައްސައިފި އެވެ.

ބޭންކިން ދާއިރާގައި 20 އަހަރު މަސައްކަތް ކުރައްވާފައިވާ ފިފްޝީން މި މަގާމަށް ހަމަޖެއްސީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ.

ފިފްޝީން ބޭންކިން ހިދުމަތާ ގުޅިވަޑައިގަތީ 2003 ވަނަ އަހަރު ބީއެމްއެލްގެ ވަޒީފާއަކުންނެވެ.

ބީއެމްއެލްގައި މަސައްކަތް ކުރެއްވި ދުވަސްވަރު ފިފްޝީން ވަނީ ބީއެމްއެލްގެ ހެޑް އޮފް ކާޑްސް އާއި، ހެޑް އޮފް ޗެނަލް މެނޭޖްމެންޓާއި، ހެޑް އޮފް އެކުއަރިން އެންޑް ޑިޖިޓަލް ޕޭމަންޓްސްގެ މަގާމުވެސް އަދާކުރައްވާފަ އެވެ.

ފިފްޝީން އެމްބީއޭ ހާސިލްކުރީ އޮސްޓްރޭލިއާގެ އީޑިތު ކަވަން ޔުނިވާސިޓީންނެވެ. ޑިގްރީ ހާސިލްކުރެއްވީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީންނެވެ.

އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފިފްޝީން އައްޔަންކުރުމާ އެ މަގާމުގައި ހުންނެވި އަހްމަދު ޒީނާދަކީ 2019 ވަނަ އަހަރު އެސްޑީއެފްސީ އުފެއްދީއްސުރެ އެ މަގާމުގައި ހުންނެވި ބޭފުޅާ އެވެ.